ހަމައެކަނި ވަޢުދުވާ ބައިވެރިއަކުން ކުރާނެ ފައިދާއެއް ނެތް! އެކަހަލަ ބައިވެރިއެއް ބޭނުމެއްވެސް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހަމައެކަނި ވަޢުދުވާ ބައިވެރިއަކުން ކުރާނެ ފައިދާއެއް ނެތް! އެކަހަލަ ބައިވެރިއެއް ބޭނުމެއްވެސް ނޫން!

އަހުރެން މިބުނަނީއެވެ! އަހުރެންގެ ޙަޔާތަށް ބޭނުންވަނީ ހަމައެކަނި ވައުދުތައްވާނެ ބައިވެރިއެއް ނޫނެވެ. އެބާވަތުގެ ބައިވެރިއަކުން އަހުރެންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެންވެ އެބާވަތުގެ ބައިވެރިއެއް ބޭނުމެއްވެސް ނޫނެވެ.  

ބައިވެރިއަކަށް ބޭނުންވަނީ އެދުވަހަކު އުޅެންޖެހުނު ޙާލެއްގައި އަހުރެންނާއިއެކު ދެމިހުންނާނެ ބައިވެރިއެކެވެ. އަހުރެންނަށް ހިތްވަރުދޭނެ ބައިވެރިއެކެވެ. އަދި އަހުރެން ޤަޞްދުގައި ކުށެއް ނުކުރާހައި ހިނދަކު އަހުރެންނަށް މަޢާފްކޮށް އެކުގައި އުޅޭނެ ބައިވެރިއެކެވެ. އަހުރެންގެ ކިބައިގައި ހުންނަ އުނިސިފަތައް ދައްކައިދީ އިޞްލާޙްކުރަން މަސައްކަތްކޮށްދޭނެ ބައިވެރިއެކެވެ. 

އަހުރެން 3 ކައިވެނިކޮށްފީމެވެ. ކޮންމެ މީހަކާއިވެސް ވަކިވާންޖެހުނީ އެމީހުން ވަޢުދުވީ ފަދައިން އަހުރެންނާއިއެކުގައި ޘާބިތުނުވުމުންނެވެ. އެމީހުން ވަނީ ވަޢުދުތަކެވެ. ފުއްދަން ޖެހުމުން ފުރަގަސްދީ ދައްކަނީ ބަހަނާއެވެ.  

ތިބާގެ ކިބައި ނެތް ސިފަތައް ހުރިކަމަށް ނުދައްކާށެވެ! ނުކުރެވޭނެ ކަންކަން ކުރަން ވަޢުދުނުވާށެވެ! އަދި އެންމެ ނުބައި ސިފައަކީ ތިމާވީ ވާއުދުތައް ނުފުއްދައި އަނެކާވީ ވަޢުދުތަކުގެ ވާހަކަދައްކައި އަނެކާގެ ވަޢުދުތައް ފުއްދުވަން މަސައްކަތްކުރުމެވެ.  

އަހުރެން މިބަޔާންކުރީ އަހުރެންގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބަލައި އަހުރެންގެ ވިސްނުމެވެ. އަހުރެން ޤަބޫލުކުރާ ގޮތެވެ. އުންމީދުކުރަނީ އެންމެންނަށްވެސް ފިލާވަޅަކަށްވާނެ ކަމަށެވެ.

 

- އަލްސަން ކަރީމް

މިއަދު އޮންލައިން