ތިމާގެ އަނބިމީހާއަށާ ދަރިންނަށް ހެޔޮކޮށް ހިތާ މީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް ދާނީ އިތުރުވަމުން! ދަރަޖަވެސް މަތިވެރިކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތިމާގެ އަނބިމީހާއަށާ ދަރިންނަށް ހެޔޮކޮށް ހިތާ މީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް ދާނީ އިތުރުވަމުން! ދަރަޖަވެސް މަތިވެރިކުރައްވަވާނެ! އިން ޝާ ﷲ

ބައެއް މީހުން ބުނެއެވެ. އަނބިންނަށް ނުވަތަ ޢާއިލާއަށް ހެޔޮވުމަކީ ކުރަންޖެހޭނެ ކަމެއް ނޫންހެއްޔެވެ؟ ޢާއިލާއަށް އެންމެ ހެޔޮމީހަކަށްވަނީ އެމީހަކަށް އުފަލާއި އަރާމު ހޯދަންނޫންހެއްޔެވެ. ދެން އެމީހަކީ އެންމެ ރަނގަޅު، އެންމެ މަތިވެރި މީހަކުކަމުގައި ލައްވަވަނީ ކީއްވެގެން ހެއްޔެވެ؟

އެފަދަ މީހުން ވިސްނައިލާށެވެ! އެފަދަ މީހުން އެމީހުންގެ އަނބިދަރިންނަށް އަދި މުޅި ޢާއިލާއަށްވެސް ދައްކައި އެދެނީ އެމީހަކަށް ކިތަންމެ ބޮޑު ކަންބޮޑޫވުމެއްގައި ހުންނަން ޖެހުނަސް . ކިތަންމެ ގަދައަށް ރުޅިއަންނަންޖެހޭ ފަދަ ކަމެއް ކުރިމަތިވިނަމަވެސް، ހައިހޫނުކަމުގައި ހުންނަން ޖެހުނަސް، އޭނާއަކީ އެކަންކަން ޢާއިލާގެ އެކަކަށްވެސް ދައްކާ މީހެއް ނޫން ކަމަށާއި ޢާއިލާގެ އެންމެންނާއިވެސް އަޅައިލާ މީހަކު ކަމެވެ. 

އަދި ކީއްހެއްޔެވެ؟ އެދުވަހަކީ މަސައްކަތުގެ މާޙައުލުގައާއި އެހެންވެސް ތަނތަނުގައި ކަންބޮޑުވެ ހިތާމަކުރަންޖެހޭ އެތައް ކަމެއް މެދުވެރިވި މީހަކަށްވެސްވެދާނެއެވެ. ގެއަށް އަންނަންޖެހުނީ ހާސްވެ ކަންބޮޑުވާންޖެހޭ ކަންތައްތަކުން ސިކުނޑި ފުރާލައިގެން ކަމަށްވެސް ވުދާނެއެވެ. އެއިގެ ތެރޭގައި ތިމާއަށް ލިބެމުން އައި އާމްދަނީން ބޮޑުބައެއް އުނިވުންވެސް ހިމެނިފައި އޮވެދާނެއެވެ.  

ބުނަން ހެއްޔެވެ؟ ޢާއިލާއަށް ރަނގަޅުވުމުގެ މާނައަކީ ގޭގަ ކައްކައި ކައިބޮއިހަދާނެ ތަކެތި ގގަނެދިނުން އެކަނި ކަމަށް ހީކޮށްގެން ނުވާނެއެވެ. ޢާއިލާއަށް އެންމެ ރަނގަޅު މީހަކަށް ވެވުމުގެ ޝަރުޠުތައް ވަރަށް ގިނައެވެ. ކުރިން މިބަޔާންކުރިފަދަ ކޮންމެ ޙާލަތެއްގައިވެސް އެމީހުން ޘާބިތުކޮށްދޭނީ އެމީހުންގެ ހިތުގައި ޢާއިލާއަށް އޮތް ލޯތްބާއި އޯގާތެރިކަމެވެ.  

ކުރިން މިބަޔާންކުރި ފަދަ ކިތަންމެ ގިނަ މައްސަލަތަކެއް ފުނިފުންޏަށް ކުރިމަތިވެފައި ހުރިނަމަވެސް އެމީހުން އެއިން އެއްވެސް ކަމެއް ގޭގެ އެއްވެސް މީހަކަށް ނުދައްކާނެއެވެ. މިފަދައިން ޢާއިލާ ޢާއިމެދު ލޯބިވެވޭނީ ވަރަށް ހެޔޮލަފާ މީޙުންނަށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިވެވޭ މީހުންނަށެވެ. 

ތިމާގެ އަނބިމީހާއަށާ ދަރިންނަށް ހެޔޮކޮށް ހިތައި އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާ މީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް ދާނީ އިތުރުވަމުންނެވެ. ދަރަޖަވެސް މަތިވެރިކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން