މައިންގެ ދަރަޖަ އުފުލިގެންދަނީ އެމީހުންނަށް މަންމަ ކިޔަންޖެހޭތީއެއް ނޫނެވެ. އެމީހުން ދަރިންނަސްޓަކައި އުފުލިބުރަ އާއި ވޭން އުފުލި އެއްވެސް މީހަކު ނުހުންނާނެތީއެވެ. ބަލިވެ އިނީންސުރެ ވިހެއުމާއިހަމައަށް އަދި ވިހެއީންސުރެ ބޮޑުވެ އެކަނި އުޅެންފަށަންދެން އެކަންޏެއް ނޫނެވެ. އެމީހުންގެ ހަށިގަނޑުގައި ވަރު ހުރި ހުރިހާ ދުވަހަކުއެވެ.
ކޮންމެ މީހަކުވެސް އެހީތެރިވެދީ ކަންކަން ކޮށްދޭންޖެހޭނެ ބައަކު ތިބޭނެއެވެ. އެހެނަސް އެއެންމެންގެ ކުރިއަށް މަންމަ ނެރޭށެވެ! އެހެން އެންމެން މަންމަގެ ފަހަތަށްލާށެވެ! އެއީ އެމީހުން ދެރަކޮށް ނިކަމެތިކުރުމެއް ނޫނެވެ. އެހެން މީހުންނަށް ހެޔޮކޮށް ހިތޭނީވެސް މައިންނަށް ހެޔޮކޮށް ހިތާ މީހަކަށެވެ.
އެހީތެރިވުމުގައި މައިމިހާއަށް އިސްކަންދީގެން ކަންކަން ކުރާނަމަ އެދަރިއަކު ދެރަކޮށް ނިކމަެތިކުރތެވޭނެ ހަމައެކަކުވެސް ނުހުންނާނެތީއެވެ. އެއީ އެދަރިއަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެތީއެވެ.
ހެޔޮލަފާ މަންމައަކާއި ދަރިން ދުރުކުރުވަން މަސައްކަތްކުރާ ކޮންމެ މީހަކީ އެންމެ ބޮޑު ޢަދާވާތްތެރިއެކެވެ. އެހެނީ އޭނާ އެމަސައްކަތްކުރަނީ އެމީހަކަށް ސުވަރުގެ ލިބުނަ ނުދިނުމަށެވެ. ވީމާ އޭނާ އެ އަދާކުރަނީ ޝައިޠޯނެއްގެ ބައެވެ. ދުނިޔޭގައި ފައިދާކުރާނީވެސް އަދި އާޚިރަތް ކާމިޔާބުކުރެވޭނީވެސް ޝައިޠޯނުންނާއި ދުރުހެލިވެވިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން