ވަރަށް ރަނގަޅަށް އުޅެން ަމސައްކަތްކުރާ ބައެއް މީހުންނަށްވެސް އެމީހުންގެ ރުޅި ކޮންޓްރޯލެއް ނުކުރެވެއެވެ. އެހެންވެ ދުލުން އެއްވެސް ޙާލެއްގައި ބުނެގެން ނުވާނެ ބަސްތައް ބުނެވެއެވެ. މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.
ލުޤްމާން ސޫރަތުގެ 34 ވަނަ ޢާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.
"ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، ﷲގެ ޙަޟްރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
މިއާޔަތުގައިވާ ކަންކަމަށް ބަލާއިރު "އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ." އޮތް ބަސްފުޅުން އެނގިގެންދަނީ އެއްވެސް މީހަކު މަރުވާނީ ކޮން ބިމެއްގައިކަން އެއްވެސް މީހަކަށް ނުއެނގޭނެ ކަމެވެ.
ވީމާ ތިމާ މަރުވާނީ ކޮންތަނެއްގައިކަން ދެނެގަންނަން މަސައްކަތް ނުކުރާށެވެ. ފާލުބަލާ މީހުންގެ ގާތަށް ގޮސްގެންވެސް އެފަދަ ކަންކަން ބަލަން ނުއުޅޭށެވެ. އެމީހުންގެ ގާތަށް ދިއުމާއި އެމީހުންގެ ބަސް ޤަބޫލުކުރުމަކީ ޝިރުކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އަދި ﷲ ތަޢާލާ މީހަކަށް ކިތަންމެ ބޮޑު ޢިލްމެއް ދެއްވަވާފައިވީނަމަވެސް އެނގޭނީ ހަމައެކަނި ﷲ ތަޢާލާ އަންގަވައިދެއްވެވި ކަމެކެވެ. ޣައިބުގައިވާ އެއްވެސް ކަމެއް ﷲ ތަޢާލާ އެންގެވި މީހަކަށް ނޫނީ ނުއެނގޭނެތެވެ.
ބައެއް މީހުންނަށް އެމީހަކު މަރުވާނެ ތަނެއް މުހިންމުވަނީ މާތްވެގެންވާ ބިމެއްގައި މަރުވަން އެދޭތީއެވެ. އެގޮތުން ބަލައިފިނަމަ މަދީނާގެ ބިމަށް ޚާއްޞަކަމެއް ވެއެވެ. އެއީ މިޙަދީޘްފުޅު އޮތުމުންނެވެ.
It was narrated that Ibn ‘Umar (may Allah be pleased with him) said: The Messenger of Allah (blessings and peace of Allah be upon him) said: “Whoever can manage to die in Madinah, let him die there, for I will intercede for whoever dies there.”
Narrated by al-Tirmidhi, no. 3917. He said: (|It is) hasan saheeh ghareeb. It was classed as saheeh by al-Nasaa’i in al-Sunan al-Kubra, 1/602; by Ibn ‘Abd al-Haadi in al-Saarim al-Makki, p. 96; and by Shaykh al-Albaani in al-Silsilah al-Saheehah, 4/1034
މިޙަދީޘްފުޅުގައި ވަނީ މަދީނާގެ ބިމުގައި މީހަކު މަރުވެއްޖެނަމަ ޤިޔާމަތް ދުވަހުން އެމީހަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ ޝަފާޢަތްތެރިވެވަދައިގަންނަވާނެ ކަމަށެވެ.
ކޮންމެއަކަސް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް ނުއެނގިތިބެ މީހަކުދެކެ ރުޅިއަންނައިރަށް އެމީހަކު މަރުވާނީ މިވެނި ބިމެއްގައި މިވެނި ގޮތަކަށް ކަމަށް ނުބުނާށެވެ! އެއިރުން ދަޢުވާ އެކުރެވެނީ ތިމާއަށް ޣައިބު އެނގޭ ކަމަށެވެ. ﷲ ތަޢާލާ އެއްވެސް މީހަކަށް ނުއަންގަވާ ކަންކަން އެނގޭ ކަމަށެވެ. އެއިރުން އެދެވެނީ މުރުތައްދުވުމާއި ދިމާއަށެވެ. ޝިރުކުރުކުރާއި ދިމާޢަށެވެ.
އެއިގެ ބަދަލުގައި އަނެކާގެ ފުރާނަ ހިއްޕަވާ ތަނަކީ މަދީނާގެ ބިންކަމުގައި ލެއްވެވުން އެދި ދުޢާކުރެވިދާނެއެވެ. އެއިރުން ދުޢާ އެކުރެވެނީ އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން