ޝިރުކަކަށް ވެދާނެ ބަހެއް ބުނެވިދާނެކަމަށްޓަކައި އަބަދުވެސް ހުންނަންވާނީ ސަމާލުވެގެން!: ޝައިޚް އަބްދުއްރައްޒާޤް އަލްބަދްރް

ކިޔުމަށް ހޭދަވާނީ 3މ 4ސ
ޝިރުކަކަށް ވެދާނެ ބަހެއް ބުނެވިދާނެކަމަށްޓަކައި އަބަދުވެސް ހުންނަންވާނީ ސަމާލުވެގެން!: ޝައިޚް އަބްދުއްރައްޒާޤް އަލްބަދްރް

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ އަށް ބައިވެރިއަކު ކަނޑައެޅުމަކީ ޝިރުކެވެ. އެއީ އެކަލާނގެ އިންސާނާ ޚަލްޤުކުރެއްވި ފަރާތްކަމުގައި ވަނިކޮށް، އެހެން ފަރާތަކަށް ދުޢާކޮށް، ޛަބަޙަކޮށް، ނަދުރުބުނެ، އަޅުކަމުގެ އެއްވެސް ބައެއް އެހެން ފަރާތަކަށް ކުރުމެވެ. ޝިރުކަކީ އަޅުކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ކުރުމެވެ. އެއީ ﷲ ނޫން ފަރާތެއް ﷲ އާ އެއްފަދަކުރުމެވެ. މިއީ އެކަލާނގެ ޙައްޤުތަކުގެ ތެރެއިންނެވެ. އަދި އަޅުކަމަކީ އަޅުތަކުންގެ މައްޗަށް ﷲ އަށް އޮތް ޙައްޤެކެވެ. 

އަޅުތަކުންގެ މައްޗަށް ﷲ އަށް އޮތް ޙައްޤަކީ އެކަލާނގެއަށް އަޅުކަންކޮށް، އެކަލާނގެއާ އެއްވެސް އެއްޗެއް ބައިވެރި ނުކުރުމެވެ. އަދި އެނގިވަޑައިގަންނަވާނެ ފަދައިން، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއް ﷲ ޤަބޫލްފުޅެއް ނުކުރައްވާނެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަނި އަޅުކަންކުރުމެވެ. އެއީ އެކަލާނގެއަށް ދީން އިޚްލާޞްތެރިކުރުމެވެ. 

އަދި އެނގިވަޑައިގަންނަވާނެ ފަދައިން، ގިނަ މީސްތަކުން ޖާހިލުކަމުގައިވެއެވެ.

މި ކަންތައްތައް ހިތުން އެނގިވަޑައިގަތުމުން، ޝިރުކުގެ ޙަޤީޤަތާއި، ރަސޫލުންގެ ދީނުގެ މަޤްޞަދު އަދި ގިނަ މީސްތަކުން ޖާހިލުވެފައިވާ ކަންތައްތައް އެނގިވަޑައިގަންނަވާނެއެވެ. މިއިން ދެ ފައިދާއެއް ލިބިވަޑައިގަންނަވާނެއެވެ.

ދުލުން ބުނެވޭ ތަކެއްޗަށް ރައްކާތެރިވުމެވެ. އެހެނީ އެނގިވަޑައިގަންނަވާނެ ފަދައިން އިންސާނާ އޭނާގެ ދުލުން ބުނާ ބަހަކުން ކާފިރުވެދާނެކަން، އަދި އޭނާ އެ ބުނަނީ ޖާހިލުކަމުގައި ކަމުގައިވިޔަސް ޖާހިލުކަމުގެ ސަބަބުން މަޢާފެއް ނުލިބޭނެކަމެވެ.  

ޒުވާންކަމަކީ ދެމިގެންވާ އެއްޗެއް ނޫނެވެ. ޙަޔާތާއި، މުދަލާއި، ސިއްޙަތު ވެސް އެފަދައިންނެވެ. މިއީ އެއްވެސް މީހަކަށް އޮޅިގެންދާނެ ޙަޤީޤަތެއް ނޫނެވެ. ކޮންމެ އަޅަކުވެސް އޭނާގެ ސިއްޙަތު، މުދާ، ޒުވާންކަން، ބާރުގަދަކަން އަދި ހުސްވަގުތު ގެއްލި، ނެތިގެންދާނެކަން ޔަޤީނެވެ. މިއިން އެއްވެސް އެއްޗެއް އަބަދަށް ދެމިއެއް ނުހުންނާނެއެވެ. 

އެހެންކަމުން، އަޅުކަމުގައި އިޚްލާޞްތެރިވުމަކީ ނުހަނު މުހިންމު ކަމެކެވެ. މިކަމާ ގުޅޭގޮތުން ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. 

((اغْتَنِمْ خَمْسًا قبلَ خَمْسٍ: شبابَكَ قبلَ هَرَمِكَ، وصِحَّتَكَ قبلَ سَقَمِكَ، وغِناءكَ قبلَ فَقْرِكَ، وفَراغَكَ قبلَ شُغلِكَ، وحياتَكَ قبلَ موتِكَ))

މާނައީ: "ފަސް ކަމެއް ފާއިތުވުމުގެ ކުރިން ފަސް ކަމެއްގެ ބޭނުން ހިފާށެވެ: މުސްކުޅިވުމުގެ ކުރިން ތިބާގެ ޒުވާންކަމުގެ ބޭނުން ހިފާށެވެ. ބަލިވުމުގެ ކުރިން ތިބާގެ ދުޅަހެޔޮކަމުގެ ބޭނުން ހިފާށެވެ. ފަޤީރުވުމުގެ ކުރިން ތިބާގެ މުއްސަނދިކަމުގެ ބޭނުން ހިފާށެވެ. މަޝްޣޫލުވުމުގެ ކުރިން ތިބާގެ ހުސްވަގުތުގެ ބޭނުން ހިފާށެވެ. އަދި މަރުވުމުގެ ކުރިން ތިބާގެ ޙަޔާތުގެ ބޭނުން ހިފާށެވެ." 

މި ޙަދީޘްފުޅުގައި ވަނީ އިންތިހާއަށް މޮޅު، ޙިކުމަތްތެރި ލަފައެކެވެ. އީމާންވެގެންވާ އަޅާ އަމިއްލަ ނަފްސަށް ތެދުވެރި ލަފާދޭ މީހަކަށް ވާންޖެހެއެވެ. އަދި މިފަދަ ނަސޭހަތްތަކަށް ނަފްސު ކިޔަމަންތެރިކޮށް، ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

 

- ޝައިޚް އަބްދުއްރައްޒާޤް އަލްބަދްރް

 

 

 

މިއަދު އޮންލައިން