ތިބާ މަރުވުމަށް ލިޔުއްވަވާފައިވާ ދުވަހު ހަމަ ތިބާ މަރުވާނެ ހެއްޔެވެ؟ ޖަވާބަކީ އުފާވެރި ޖަވާބެއް! އެދުވަހު މަރުނުވުމުގެ ފުރުޞަތު އެބައޮތް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިބާ މަރުވުމަށް ލިޔުއްވަވާފައިވާ ދުވަހު ހަމަ ތިބާ މަރުވާނެ ހެއްޔެވެ؟ ޖަވާބަކީ އުފާވެރި ޖަވާބެއް! އެދުވަހު މަރުނުވުމުގެ ފުރުޞަތު އެބައޮތް!: ބިލާލް އައްސަދު

ބައެއް މީހުން ހީކުރަނީ ނުވަތަ ޤަބޫލުކުރެވެނީ ދުނިޔެއަށް ފޮނުއްވެވޭއިރު އެމީހާގެ މައްޗަށް ލިޔުއްވެވިފައިވާ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމަށެވެ. ނަމަވެސް އެއީއަކީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ބަދަލު ކުރެވިދާނެ ކަންތައްތަކަކާއި ނުކުރެވޭނެ ކަންތައްތަކެއް އެބަ ހުއްޓެވެ. 

މިޘާލަކަށް ތިބާ ދުޢާކުރިޔަސް އަލުން އަނބުރައި މައިމީހާގެ ރަޙިމުގެ ތެރެއަށް ވައްދަވައި އަނެއް ޖިންސުގެ މީހެއްގެ ގޮތުގައި އަލުން ދުނިޔެއަށް އުފަން ނުކުރައްވަވާނެތެވެ. ނަމަވެސް ތިބާ ދުޢާކޮށް އެކަމަށް އެދިގެން މަސައްކަތްކޮށްފިނަމަ ޢުމުރު ދިގުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ  

ﷲ ތަޢާލާ އަންގަވާފައިވަނީ ޢުމުރު ދިގުވުމަށް އެދޭމީހާ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަށެވެ. އެގޮތަށް އަންގަވާފައި އެވަނީ އެގޮތަށް ޢަމަލުކޮށް ދުޢާކުރުމުން ޢުމުރު ދޮގުކޮށް ދެއްވަވާނެތީއެވެ.  

އަދިވެސް ވިސްނާށެވެ! ދުޢާކުރުމުން "ޤަދަރް ބަދަލުކޮށް ދެއްވަވާނެކަމާއި ޤަދަރް ބަދަލުކުރެވޭނީ ހަމައެކަނި ދުޢާއިންކަން" ޜަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ދަތިޙާލަތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވިޔަސް އަދި ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް މިއީ ތިމާއަށްޓަކައި ލިޔެވިވެގެންވާ ގޮތް ކަމަށް ބަލައި އަތްއުރާލައިގެން ނުތިބޭށެވެ. އެކަމަކުން އަރައިގަންނަން މަސައްކަތްކުރަމުން ދުޢާކުރުން ގިނަކުރާށެވެ! ޙާލަތު ބަދަލުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން