އެކުވެރިންނާމެދު ސަމާލުވޭ! ވޮލެޓް ހުސްވާ ދުވަހު ތިބާ ފެންނާނެ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެކުވެރިންނާމެދު ސަމާލުވޭ! ވޮލެޓް ހުސްވާ ދުވަހު ތިބާ ފެންނާނެ މީހަކު ނުހުންނާނެ!

އަމިއްލަ ޢާއިލާއަށްވުރެވެސް ބޮޑަށް އެކުވެރިންނަށް ސަމާލުކަންދީގެން އުޅޭ މީހުންނަށް ބުނެލަން އޮތީ ތިއަ ހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ތިބާގެ ވޮލެޓް ހުސްވާދުވަހު ތިބާ ފެންނާނެ މީހަކުވެސް ނުހުންނާނެއެވެ. ތިބާ އެމީހުންނަށް ކޮށްދިން އެއްވެސް ކަމެއްގެ އަގު ވަޒަންކުރާނެ މީހަކުވެސް  ނުހުންނާނެއެވެ.  

ބޮޑުވަރަކަށް ބުނާނީ މިފަދައިންނެވެ. "އެއީ ރަނގަޅު މީހެކެވެ. އުޅެން ނުއެނގުނީމާ ފަޤީރުވީއެވެ." އެހެންބުނާއިރު އޭނާގެ ތަނަވަސްކަމުން ތިމާމެންނަށް ކުރި ފައިދާގެމަތިން ހަނދާންވެސް ނުހުންނާނެއެވެ.  

ވަރަށް އާދައިގެ ކަމަކުން މިޘާލެއް ދައްކާނަމެވެ. އެއީ އަޚްލާޤީ ގޮތުން ކިތަންމެ ރަނގަޅު އެކުވެރިއެއް ނަމަވެސް ބިލްކަނޑާނެ ފައިސާ ނެތްނަމަ ކޮފީއަށް ދަޢުވަތެއް ނުދޭނެއެވެ. ފައިށާ ހުރިނަމަ މެސެޖްކޮށްގެންނާއި ގުޅައިގެން ގަދަކަމުންވެސް ކޮފީއަށް ގެންނާނެއެވެ.  

ކަންކަން މިވަނީ ބަދަލުވެފައެވެ. މީހުންގެ އަގު ވަޒަންކުރަނީ ޖީބުގައި ހުންނަ ފައިސާއިންނާއި އެމީހަކު އަދާކުރާ މަޤާމުންނެވެ. ރިވެތި އަޚްލާޤާއި ތަޤްވާވެރިކަމަށް ބަލަނީ ވަރަށް މަދު މީހެކެވެ. އަދި އަނެކާގެ ކިބައިން ތިމާއަށް ލިބިފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރަނީވެސް މަދު ބައެކެވެ.  

ވިސްނަންވީ އެންމެ މުހިންމު ކަންތައްވެސް ބުނެލާނަމެވެ. އަމިއްލަ ޢާއިލާއަށް ޚަރަދުކުރުމުން އެމީހުން އެކަމުގެ އަގު ވޒަން ނުކުރިނަމަވެސް ލިބޭނެ ދެރައެއް ނެތެވެ. ޚަރަދު އެކުރެވުނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމަށްވާތީއެވެ. ނަމަވެސް އަމިއްލަ ޢާއިލާއަށް ކުރަންޖެހޭ ޚަރަދުނުކޮށް އެކުވެރިންނަށް ޚަރަދުކުރާނަމަ އެކުރެވެނީ ކުށެކެވެ. ފާފަވެރިވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން