ޚުޠުބާ: ރަނގަޅު މުޖުތަމަޢެއް ބިނާކުރަން މިސްކިތްތަކުގެ ދައުރު އިތުރުކުރަން ޖެހޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޚުޠުބާ: ރަނގަޅު މުޖުތަމަޢެއް ބިނާކުރަން މިސްކިތްތަކުގެ ދައުރު އިތުރުކުރަން ޖެހޭ!

މިއަދުގެ ޚުޠުބާގައިވެއެވެ! 

"މުސްލިމް އަޚުންނޭވެ! ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ތަނަކީ މިސްކިތެވެ. އެއީ އެތަނަކުން ޢިލްމާއި ހުނަރު ހޯދައިގެން އެތަކެއް ޢިލްމުވެރީންނާއި މުފައްކިރުން ނެރެދީފައިވާ ތަރުބަވީ މަދަރުސާއެކެވެ. ފިޤުހާއި ޙަދީޘް ޢިލްމު ފަދަ ޝަރުޢީ ޢިލްމުތަކުގެ އިތުރަށް ހިސާބާއި ބޭސްވެރިކަން ފަދަ ދުންޔަވީ ޢިލްމުތައް މި މަދަރުސާއިން އުނގަންނައި ދީފައިވާކަމުގެ ފަޚުރުވެރި ތާރީޚެއް ފެންނާން އެބަ އޮތެވެ. 

ރަނގަޅު މުޖުތަމަޢެއް ބިނާކުރެވޭނީ މިސްކިތުގެ ދައުރު ފުރިހަމައަށް އަދާކޮށްގެންނެވެ. މިއީ އީމާންކަމުގެ އަހުލުވެރީންގެ މަގެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. ----[1] މާނައީ: "ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، އަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުންނެވެ." 

އިމާމްގެ މިބަސްފުޅަކީ ކިތަންމެހައިވެސް މުހިންމު ވާހަކަފުޅެކެވެ. މުހިންމީ ޢަމަލީ ގޮތުން ވަރަށް ބޮޑަށް އިހްމާލުވެފައި އޮތް ކަންތައް އިޞްލާޙްކުރެވޭނެ ނިޒާމެކެވެ. އަދި ފެންނަން މިއޮތީ މިކަމަށް ދިރުން ނެތް ނިޒާމެއްކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

މިއަދު އޮންލައިން