ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝިކޮޅުގެ ސައިޒަށް ވިސްނައިލިޔަސް ދުނިޔޭގަ ހުރެ ﷲ ތަޢާލާ ފެނުމުގެ ވިސްނުންވެސް ނުއަންނާނެ! ނިކަން މިމަގުން ހިސާބުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝިކޮޅުގެ ސައިޒަށް ވިސްނައިލިޔަސް ދުނިޔޭގަ ހުރެ ﷲ ތަޢާލާ ފެނުމުގެ ވިސްނުންވެސް ނުއަންނާނެ! ނިކަން މިމަގުން ހިސާބުކޮށްބަލަ!

ﷲ ތަޢާލާ އާއި ބެހޭ ގޮތުން އަހުރެމެންނަށް މިއެނގެނީ ވަރަށް ކުޑަކުޑަމިންވަރެކެވެ. އެއިގެ ތެރެއިން އެއް ކަމެއްގެ ވާހަކަ ބުނެލާނަމެވެ. މިއީ މިދުނިޔޭގައި ހުރެ އެމީހެއްގެ ލޮލުން ﷲ ތަޢާލާގެ ޛާތްފުޅު ދެކެން ބޭނުންވެގެން އުޅޭ މީހުންނަށް ބުނެލަދޭ ވާހަކައެކެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އަބޫދާވޫދުގައި ބަޔާންވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. "ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝިކޮޅު އުފުއްލަވަން ތިއްބަވާ 8 މަލާއިކަތުންކުރެ އެއްބޭކަލެއްގެ ސައިޒުގެ ވާހަކައެވެ. އެމަލާއިކަތާގެ އެއްކަތްފަތްފުޅުގެ ފުޅުފުޅުން ފެށިގެން ކޮނޑުފުޅާއި ހަމައަށް އެއީ 700 އަހަރު ދަތުރުކުރުމުގެ ރާސްތާއެވެ."   

އެއީ އެޒަމާނުގައި ދަތުރުކުރަން ބޭނުންކުރި ފަދަ ސަވާރީއެއްގެ މަތީގައި 700 އަހަރުދުއްވައިގެން ނޫނީ އެ ސަރަހައްދު ފުރިހަމަނުކުރެވޭނެ ވާހަކައެވެ. މިއީ ހަމައެކަނި އެމަލާއިކަތާގެ ސައިޒުފުޅުގެ ކުޑަކުޑަ ތަންކޮޅެއްގެވާހަކައެވެ. ބޯފުޅާއި އަނެއްފަޅިއާއި މުޅި ހަށިކޮޅުގެ ސައިޒު ކޮބައިހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ދެން ތިއްބެވި 7 މަލާއިކަތުންގެ ސައިޒު ކޮބައިހެއްޔެވެ؟ މި 8 މަލާއިކަތުންވެގެން އުފުއްލަވާ ޢަރުޝިކޮޅުގެ ސައިޒު ކޮބައިހެއްޔެވެ؟ އަދި މިފަދަ ބޮޑު ޢަރުޝިކޮޅުގައި ވޮޑިގެންވާ ﷲ ތަޢާލާގެ ސައިޒުފުޅާއިމެދު އެންމެ ކުޑަމިނުން ވިސްނުމަކީވެސް ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! ކިތަންމެ ވަރަކަށް ވިސްނިނަމަވެސް ޚިޔާލަށް ގެނެވޭނީ ސިކުނޑީގައި ބާރުހުރި މިންވަރަކަށެވެ. ނޫންނަމަ ކަންކަން ވެގެންދާނެ ގޮތްވެސް ﷲ ތައާލާ ވަނީ ދައްކަވައިފައެވެ. ﷲ ތަޢާލާގެ ޛާތުފުޅު ދެކެން ބޭނުންވި މޫސާގެފާނުގެ ޤައުމުގެ މީހުންނަށާއި ޚުދު މޫސާގެފާނަށްވެސް ވެގެންދިއަ ގޮތުންނެވެ. 

ވީމާ އެފަދަ ކަންކަމަށް ވިސްނަން ވަޤުތު ނަގާނުލާށެވެ! އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ސުވަރުގެ ވަނުމަށެވެ. ސުވަރުގެ ވަދެވިއްޖެނަމަ ﷲ ތަޢާލާ  އިރާދަކުރައްވަވާ މިންވަރަކުން ސުވަރުގޭގެ އަހުލުވެރިންނަށް އެކަލާނގެ ޛާތުފުޅު ދައްކަވާނެތެވެ!

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން