ފަތިސްވުމުން ލިބޭ ދެ ފުރުޞަތާއިމެދު ވިސްނައި ބުއްދީގެ ބޭނުންކޮށްފިނަމަ ލައްވަވާ ރަޙްމަތް ބޮޑުތަނުން އިތުރުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފަތިސްވުމުން ލިބޭ ދެ ފުރުޞަތާއިމެދު ވިސްނައި ބުއްދީގެ ބޭނުންކޮށްފިނަމަ ލައްވަވާ ރަޙްމަތް ބޮޑުތަނުން އިތުރުވާނެ! އިން ޝާ ﷲ

ﷲ ތަޢާލާ ޤިޔާމަތް ދުވަހު އެންމެންގެ ޙިސާބު ބައްލަވާނެކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ. ޙިސާބު ބައްލަވަނީ ދުނިޔޭގައި އެމީހަކު އުޅުނު ދުވަސްވަރު އެމީހަކަށް ފުރުޞަތުތަކެއް ދެއްވެވުމަށްފަހުގައެވެ. ބައްލަވަނީ އެފުރުޞަތުތަކުގެ ބޭނުން އެމީހަކު ހިފާފައިވާ ގޮތެވެ. ވީމާ އެކަމަށް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނުއޮންނާނެއެވެ.

ކޮންމެ ރެއަކުވެސް ފަޖުރުލުމުން ތިބާއަށް 2 ފުރުޞަތެއް ލިބިގެންދެއެވެ. ފުރަތަމަ ފުރުޞަތަކީ ފަޖުރުލުމުންވެސް ޝައިޠޯނާގެ ބަހަށް ހެއްލި ކަންނެތްވެ ނިދާފައި ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ ހުވަފެން ބަލަން އޮތުމުގެ ފުރުޞަތެވެ.

ދެވަނަ ފުރުޞަތަކީ ފަޖުރުލުމުން ގޮވައިލެވޭ ބަންގިއަށް ޢިޖާބަދީ ނިދީން ހޭލައި ތިމާ ދެކެމުން އަންނަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް އިޖާބަނުދީ އަވަހަށް ތެދުވެ ފަތިސް ނަމާދު ޖަމާޢަތުގައިކޮށް މުޅި ދުވަހު ﷲ ތަޢާލާގެ ރަޙްމަތާއި ރައްކައުތެރިކަމުގައި ހުރުމުގެ ފުރުޞަތެވެ!

ވީމާ ގދަކަމުން ނަމަވެސް ހޭލާށެވެ! ޢާއިލާގެ އެންމެން ވެސް ހޭލައްވާށެވެ! އެންމެންގެ ހުވަފެން ޙަޤީޤަތަކަށް ހަދަން މަސައްކަތްކުރާށެވެ!

ﷲ ތަޢާލާ ދެއްވަވާ ދަޢުވަތަށް ޢިޖާބަ ނުދީ ޝައިޠޯނާއަށް ޢިޖާބަދީ ނިދަން އޮވެފައި ތެދުވެ ﷲ ތަޢާލާގެ ރަޙްމަތަށް އެދެން ލަދުގަންނާށެވެ! ލަދުވެތިވާންވީ އެކަމަށެވެ. އެކަމަށް ލަދުވެތިވެވިއްޖެނަމަ އެމީހަކަށް ދެ ދުނިޔޭގައިވެސް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން