މީހަކު މަރުވެއްޖެނަމަ އެމީކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މީހަކު މަރުވެއްޖެނަމަ އެމީކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަންތައް-

މީހަކު މަރުވުމުން އެމީހަކަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ކޮބައިތޯ؟

ސުވާލުކުރައްވާ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން ވިސްނިލައްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އިން ޝާ ﷲ

ޢާއިލާގެ މީހަކު މަރުވިނަމަވެސް ގާތް މީހަކު އަދި ކިތަންމެ ލޯބިވާ މީހަކު މަރުވިނަމަވެސް އެމީހަކަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަންބޮޑު، އެމީހަކަށް އެންމެ ފައިދާކުރާނެ އެއްކަމަކީ އޭނާގެ ދަރަނި އަދާކޮށްދިނުމެވެ.

އެހެނީ ކޮންމެ ދަރަންޏަކީވެސް ޤިޔާމަތް ދުވަހު އަދާކުރަންޖެހޭނެ އެއްޗެކެވެ. އަދާކުރަންޖެހޭނީ އެމިހަކު ކުޅަ ހެޔޮ އަމަލަކުންނެވެ. ދަރަނި އަދާކުރާނެ ހެޔޮ އަމަލު އަތުގައި ނެތްނަމަ އޭނާ ކޮށްފައިވާ ފާފައިން އެވަރަށް އުފުލަންޖެހޭނެއެވެ. ބަދަލު ނުދީ ނުނިމޭނެއެވެ.

ވީމާ އަޚަކު މަރުވިއިރު އޭނާގެ ދަރަންޏެއް އޮތްނަމަ އެދަރަނި އަދާކުރަން އެހީތެރިވެދިނުމަކީ އަޚާއަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަންބޮޑު އެއް ކަންތަކެވެ. އެއާއިއެކުގައިވެސް އަޚާއަށްޓަކައި ހެޔޮދުޢާކުރުން ހުއްޓައިނުލާށެވެ!

ޞަޙާބީއަކު އަވަހާރަވިއިރު ދަރަންޏެއް އޮތުމުން އެދަރަންޏާއި ޞަޙާބީއަކު ޙަވާލުވެވަޑައިގަތުމުން ނޫނީ ރަސޫލް ﷺ ކަށުނަމާދު ކުރައްވަވައި ނުދެއްވެވުމުން އެކަމުގެ ހުރި ބޮޑުކަން އެނގިގެންދެއެވެ.

މީސްތަކުންނޭވެ! ކޮންމެހެން ނަގަން ޖެހިގެން ނޫނީ ދަރަންޏަށް އެއްވެސް އެއްވެސް އެއްޗެއް ނުނަގާށެވެ! ދަރަނިވެރިނުވާށެވެ! އަދި ނަގަންޖެހިގެން ނެގިގެން ނެގިކަމުގައިވީނަމަވެސް ވީހައި އަވަހަކަށް ދަރަނި އަދާކުރާށެވެ! ދަރަނި އަދާކުރަން ޖެހޭ މުއްދަތު އޮތް ނަމަވެސް ވީހައި އަވަހަކަށް ދަރަނި އަދާކުރާށެވެ! މަރުވާނެ ވަގުތު ނުއެނގޭތީއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން