ޙައްޖުވުމަށްފަހު އަނބިދަރިންނަށާ ޢާއިލާއަށް ހެޔޮކޮށް ކަންކަން ނުކުރެވޭނަމަ އަދި އަޅުކަންކުރުން ގިނަކޮށް ފާފަކުރުމާ ދުރުހެލި ނުވެވޭނަމަ އެމީހަކަށް އެއޮތީ ޙައްޖު ނުލިބިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޙައްޖުވުމަށްފަހު އަނބިދަރިންނަށާ ޢާއިލާއަށް ހެޔޮކޮށް ކަންކަން ނުކުރެވޭނަމަ އަދި އަޅުކަންކުރުން ގިނަކޮށް ފާފަކުރުމާ ދުރުހެލި ނުވެވޭނަމަ އެމީހަކަށް އެއޮތީ ޙައްޖު ނުލިބިފަ!

ޙައްހު މޫސުން ނިމުމުން ކޮންމެ އަހަރަކުވެސް އަހުރެން ދައްކައިއުޅޭ ވާހަކައެއް މިއަހަރުވެސް ތަކުރާރުކޮށްލާނަމެވެ. ޙައްޖުގެ ފަރުޟު އދާކުރުމަށް މިއަހަރު މައްކާއަށްދިއަ އެންމެން މިހާރުވާނީ ފަރުޟު އަދާކުރުމަށްފަހު އެނބުރި ޤައުމަށް ގޮސްފައެވެ. އެމީހުންގެ ޢާއިލާތަކާއި އަލުން ގުޅިފައެވެ. ވީމާ މިހާރު އޮންނާނެ އެންމެ ބޮޑު ސުވާލަކީ ތިމާވީ ޙައްޖު ﷲ ތަޢާލާ ޤަބޫލުކުފުޅުކުރެއްވެވިހެއްޔެވެ؟  

ސުވާލު ނުކުރަންވީ ސަބަބެއްވެސް ނެތެވެ. ސުވާލުގެ ޖަވާބު ހޯދަން ސައިންސްގެ ފިލާވަޅުތަކެއް ބޭނުމެއް ނުވެއެވެ. ޚާއްޞަ ހުވަފެނެއްވެސް ފެންނާކަށްވެސް ނުޖެހެއެވެ. ކުރަން އޮތް ކަމަކީ މިސުވާލުގެ ޖަވާބު އަމިއްލަ ނަފްސުން ލިބިގަތުމެވެ. އަދި ލިބޭ ޖަވާބަށް ވިސްނައިލުމެވެ. 

ދެން ވިސްނައިލާށެވެ! ޙައްޖުން އައުދެވުނު ފަހުންވެސް އަނބިދަރިންނަކަށް އަޅައެއް ނުލައެވެ. ބަސްބުނެ ޢަމަލުތައް ކުރެވެނީ ހަމަ އެހައިމެ ހަރުކަށިކޮންނެވެ. އަދި މައިންބަފައިންނާއި ޢާއިލާއާއިމެދުގައިވެސް ކަންކަން ކުރެވެނީ ހަމައެއގޮތަކަށެވެ.  

ކުރިން ކުރަމުން އައި ފާފަތައް އެބަކުރެވެއެވެ. ދޮގުބުނެވެއެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވެއެވެ. ޖުމުލަކޮށްލާފައި ބުނާނަމަ ކުރިން އުޅުނު ގޮތް އިޞްލާޙެއް ނުކުރެވުނެވެ. ކުރިން ކުރަމުން އަި ހަމަ އެންމެ ނުބައިކަމެއްވެސް ހުއްޓައެއް ނުލެވުނެވެ. ތަޤްވާވެރިކަން އިތުރެއް ނުކުރެވުނެވެ. ދޫރައްކައުތެރިއެއް ނުކުރެވުނެވެ. ޚުލްޤް ރަނގަޅެއް ނުކުރެވުނެވެ.  

ދެން ނިކަން ބުނެބަލާށެވެ! ތިބާ ޙައްޖަށް ދިއަދިއުމުން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ކޮށްފިހެއްޔެވެ؟ އެއްވެސް މީހަކު ކުރާ އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމާއި ނުކުރެއްވެވުމާއި މެދު އަހުރެމެންނަށް ވާހަކައެއް ނުދެއްކޭނެއެވެ. ނަމަވެސް ލޮލަށް ފެންނަ މިބާވަތުގެ ކަންކަމަށް ބަލައި މާކްސްދެވިދާނެއެވެ. އެގޮތަށް މާކްސްދީފިނަމަ ލިބޭނީ ހަމަ ބޮޑު ސުމެއް ނޫންހެއްޔެވެ؟  

މިވާހަކަކޮޅު ދައްކައިލުމުގެ ބޭނުމަކީ ޙައްޖުވުމަސްފަހު އެކަމުގެ ފައިދާ ލިބިގަންނަން މަސައްކަތްކުރަން ހިތްވަރު ދިނުމެވެ. ޢަމަލުތައް އިޞްލާޙްކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަން ގޮވާލުމެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށް އަޅާލުމާއި ލޯބިދޭ އަދި ޢާއިލާގެ އެންމެންނަށްވެސް ހިތްހެޔޮ މީހަކަށްވުމަށް ނަޞޭޙަތްތެރިވުމެވެ. އެންމެންނަށްވެސް ދީލަތި މީހަކަށްވުމެވެ. ވެވުނު ޙައްޖުން ފައިދާކުރިކަމަށްވާނީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން