ރަސޫލް ޞޢޥ އުޅުއްވެވި ފަޤީރު ޙާލުކޮޅާއިމެދު ވިސްނާނަމަ ތަނަވަސްކަން ކުޑަވެގެން ކަންބޮޑެއް ނުވާނެ! ކުރާނީ އުފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރަސޫލް ޞޢޥ އުޅުއްވެވި ފަޤީރު ޙާލުކޮޅާއިމެދު ވިސްނާނަމަ ތަނަވަސްކަން ކުޑަވެގެން ކަންބޮޑެއް ނުވާނެ! ކުރާނީ އުފާ!

ދުނިޔޭގަ އުޅެން ކޮންމެ މީހަކަށްވެސް ފައިސާ ބޭނުންވާނެއެވެ. މިޒަމާނުގައި ގިނަ ބައަކަށް އެންމެ މުހިންމުވަނީވެސް ފައިސާއެވެ. އެހެންވެ އެންމެ ބޮޑަށް މަސައްކަތްކުރެވެނީވެސް ފައިސާވެރިވުމަށެވެ. އެއީ މީހާގެ ޤަދަރު ނުވަތަ އަގުއުފުލިގެންދަނީ އަތުގައި ފައިސާގިނަވިވަރަކުން ކަމަށް ޤަބޫލުކުރެވޭތީއެވެ. 

މުސްލިމުން އެގޮތަށް ވިސްނައިގެން ނުވާނެއެވެ. މީހާގެ ޤަދަރު، އުފުލިގެންދަނީ އަތުގައި ފައިސާގިނަވި ވަރަކުން ކަމަށްވާނަމަ ދުނިޔޭގައި ލައްވަވާނެ އެންމެ ތަނަވަސް މީހަކަށް ވީހީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.  

ރަނގަޅަށް ވިސްނާށެވެ! ސިޔަރަތު ކިޔައި ދަސްކުރާށެވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަސްތައް ހޭދަކުރެއްވެވީ އެންމެ ނިކަމެތި ފަޤީރެއްގެ ގޮތުގައެވެ. އެއްވެސް އަނބިކަނބަލެއްގެ ގަނޑުވަރުކޮޅުގެ ބަދިގޭގައި އެއްވެސް އެއްޗެއް ނުކައްކައި 2،3 މަސް ހޭދަވެގެންދިއަކަން ހަނދާނަށް ގެންނާށެވެ.  

ވީމާ ތިމާގެ ޢިއްޒަތާއި ޤަދަރު އުފިލިގެންދަނީ އަތުގައިހުރި ތަނަވަސްކަމުން ނޫންކަން ހަމައެކަނި މިކަމުންވެސް އެނގިގެންދެއެވެ. ބޭންކް އެކައުންޓުގައި ހުރި ޢަދަދަށް ނުބަލާށެވެ! އެއްވެސް ވަރަކަސް ނެތަސް ކަންބޮޑުނުވާށެވެ! ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރުއުފުލިގެންވާ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

ބުނެލަން އެންމެ ބޮޑަށް ބޭނުންވާ އެއްވާހަކައަކީ މިބުނިފަދައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރުއުފުލިގެންދާނީ ދެމަފިރިންވެސް އެކަމަށް މަސައްކަތްކޮށްގެންނެވެ. އަނބިމީހާވެސް ކެތްތެރިވެގެންނެވެ. ވީމާ ކޮންމެ އަންތބަކީވެސް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުން ފަދަ ކެތްތެރި އަންތބަކަށްވާން މަސައްކަތްކުރާށެވެ. ފިރިމީހާއަށް ދެއްވަވާ މިންވަރަށް ޝުކުރުވެރިވާށެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ އެއީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން