ހިތްބިރުގަތުމަކީ ފުރާނައަށްވެސް ނުރައްކާވާ ކަމެއް! ހިތް ބިރުގަންނަނަމަ އެކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ޛިކުރު-

ކިޔުމަށް ހޭދަވާނީ 9މ 36ސ
ހިތްބިރުގަތުމަކީ ފުރާނައަށްވެސް ނުރައްކާވާ ކަމެއް! ހިތް ބިރުގަންނަނަމަ އެކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ޛިކުރު-

ޢާއިޝަތު ރަފާޙް ޢަލީ

 

ހިތްބިރުގަތުން މާނަކުރެވެނީ ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރަށް ބިރުގަތުމަށެވެ. މިޘާލަކަށް އަނދިރިވެއްޖެނަމަ ބިރުވެރިކަމެއް ކުރިމަތިވެދާނެކަމަށް ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއްވެސް ކަމެއް ފެނިގެނެއް ނޫނެވެ. އަޑުއިވިފައި ހުންނަ ވާހަކަތަކުގެ ސަބަބުން ހިތަށް ބިރުވެރިކަން އިޙްޞާޞް ކުރެވޭތީއެވެ.  

ކަންކަމާއި ހާސްވެ ބިރުގަތުމަކީ އަޅުގަނޑުމެންނަށް ބައެއްފަހަރަށް ދިމާވާ ކަމެކެވެ. އެކަންކަން ރަނގަޅު ކުރުމަށް އެންމެ މުހިއްމު ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތައް ރުޖޫޢަވެ ދުޢާކުރުމެވެ. އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ހިތް ބިރުގަންނަ ނަމަ ކުރެވިދާނެ ބައެއް ޛިކުރެވެ.  

ފާތިހާ ސޫރަތް- 

· بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ‎﴿١﴾‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ‎﴿٢﴾‏ الرَّحْمَٰنِ الرَّحِيمِ ‎﴿٣﴾‏ مَالِكِ يَوْمِ الدِّينِ ‎﴿٤﴾‏ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ‎﴿٥﴾‏ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ‎﴿٦﴾‏ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ‎﴿٧﴾‏

މާނައީ: “رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. (1) حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. (2) (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ. (3) قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ. (4) އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ. (5) އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (6) (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.” 

ފާޡިރު ސޫރަތުގެ 34 ވަނަ އާޔަތް: 

·  وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ‎﴿٣٤﴾‏

މާނައީ: "އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ." 

ޝަރްޙު ސޫރަތް:

·  أَلَمْ نَشْرَحْ لَكَ صَدْرَكَ ‎﴿١﴾‏ وَوَضَعْنَا عَنكَ وِزْرَكَ ‎﴿٢﴾‏ الَّذِي أَنقَضَ ظَهْرَكَ ‎﴿٣﴾‏ وَرَفَعْنَا لَكَ ذِكْرَكَ ‎﴿٤﴾‏ فَإِنَّ مَعَ الْعُسْرِ يُسْرًا ‎﴿٥﴾‏ إِنَّ مَعَ الْعُسْرِ يُسْرًا ‎﴿٦﴾‏ فَإِذَا فَرَغْتَ فَانصَبْ ‎﴿٧﴾‏ وَإِلَىٰ رَبِّكَ فَارْغَب ‎﴿٨﴾‏ 

މާނައީ: "ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ (1) އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ. (2) އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ. (3) އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. (4) ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (5) ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (6) ފަހެ، ކަލޭގެފާނު) دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން (އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު) އަޅުކަން ކުރެއްވުމުގައި (ވަރުބަލިވެ ވަޑައިގަންނަވާށެވެ! (7) އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! (8)" 

އިޚްލާސް ސޫރަތް: 

· قُلْ هُوَ اللَّهُ أَحَدٌ ‎﴿١﴾‏ اللَّهُ الصَّمَدُ ‎﴿٢﴾‏ لَمْ يَلِدْ وَلَمْ يُولَدْ ‎﴿٣﴾‏ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ‎﴿٤﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. (1) اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (2) އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. (3) އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ. (4)" 

ފަލަޤް ސޫރަތް: 

· قُلْ أَعُوذُ بِرَبِّ الْفَلَقِ ‎﴿١﴾‏ مِن شَرِّ مَا خَلَقَ ‎﴿٢﴾‏ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ‎﴿٣﴾‏ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ‎﴿٤﴾‏ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ‎﴿٥﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1) އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. (3) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. (4) އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. (5)" 

ނާސް ސޫރަތް: 

· قُلْ أَعُوذُ بِرَبِّ النَّاسِ ‎﴿١﴾‏ مَلِكِ النَّاسِ ‎﴿٢﴾‏ إِلَٰهِ النَّاسِ ‎﴿٣﴾‏ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ‎﴿٤﴾‏ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ‎﴿٥﴾‏ مِنَ الْجِنَّةِ وَالنَّاسِ ‎﴿٦﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1) (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. (2) (އެކަލާނގެއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ. (3) ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.) (4) އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ. (5) ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ. (6)"

މިއަދު އޮންލައިން