ހިނައިގަތުމާއި ވުޟޫކޮށްގެން ހިނައިގަތުމާއި އަދި ހިނައިގަނެގެން ނަމާދުކުރުމާއިބެހޭ ގޮތުން އެނގުން މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ހިނައިގަތުމާއި ވުޟޫކޮށްގެން ހިނައިގަތުމާއި އަދި ހިނައިގަނެގެން ނަމާދުކުރުމާއިބެހޭ ގޮތުން އެނގުން މުހިންމު ކަންކަން-

ހިނައިގެންފިނަމަ ވުޟޫނުކޮށް ނަމާދުކުރެވޭނެތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ޖަވާބަކީ ހިނައިގަތް ނަމަވެސް ވުޟޫނުކޮށް ނަމާދުކުރެވޭނީ ޝަރުޠުތަކަކާއިއެކުގައެވެ. އެއިގެ ތެރެއިން ފުރަތަމަ ޝަރުޠަކީ ހިނައިގަތުމުގެ ކުރިން ވުޟޫކޮށްގެން ހިނައިގަތުމެވެ. ދެވަނަ ޝަރުޠަކީ ވުޟޫކޮށްގެން ހިނައި ގަތަސް ހިނައިގަތްފަހުން ވުޟޫގެއްލޭނެ ފަދަ ކަމެއް މެދުވެރިވެފައި ނެތުމެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ހިނައިގަތުމަށް ކިޔައި އުޅެނީ ބޮޑު ޙަދަޘް އެރެގަތުމަށެވެ. ވުޟޫކުރުމަށް ކިޔައި އުޅެނީ ކުޑަ ޙަދަޘް އެރެގަތުމެވެ.  

ބޮޑުޙަދަޘް އެރެގަތުމަށް ނުވަތަ ހިނައިގަތުމަށް ބޭނުންވާ މީހާ ފުރަތަމަކަމަކަށް ޢާންމުކޮށް ފެންވަރާ އުޞޫލުން ފެންވަރައި ހަށިގަނޑު ރީތިކޮށް ދޮވެލާށެވެ! ނުވަތަ ފެންވަރައިލާށެވެ! އެއަށްފަހު ވުޟޫކޮށްގެން ހިނައިގަންނާށެވެ. ސުންނަތުގައި އޮތީ ވުޟޫކޮށްގެން ހިނައިގަތުމެވެ.  

ވުޟޫ ނުކޮށް ހިނައިގަތް ނަމަވެސް ހިނެއިން ޞައްޙަވާނެއެވެ. ނަމަވެސް ވުޟޫ ނުކޮށް ހިނައިގެންފިނަމަ ނަމާދުކުރަން ވުޟޫކުރަންޖެހޭނެއެވެ. ވުޟޫކޮށްގެން ހިނައިގަތްނަމަ އެ ވުޟޫމަތީގައި (ހިނައިގަތްފަހުން ވުޟޫ ގެއްލޭކަމެއް މެދުވެރިނުވާނަމަ) ނަމާދުކުރެވޭނެއެވެ.  

"ހިނައިގަތުމަށްފަހު ވުޟޫ ނުކޮށް ނަމާދު ކުރެވޭނީ ހިނައިގަތުމުގެ ކުރިން ވުޟޫ ކޮށްފައިވާނަމައެވެ. މާނައަކީ ހިނައި ގަތުމުގެ ކުރިން ވުޟޫ ކޮށްފައިވާނަމަ ވުޟޫ ނުކޮށް ނަމާދު ކުރެވިދާނެއެވެ. ނޫންނަމަ (ހިނައިގަތުމުގެ ކުރިން ވުޟޫ ނުކުރާނަމަ) ނަމާދުކުރުމަށްޓަކައި ވުޟޫ ކުރަން ޖެހޭނެއެވެ."

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން