ތިބާގެ ކިބައިގަ ބައިވަރު އުނިކަން ހުރިއިރު ބައިވެރިޔާގެ ހުރިހާ ކަމެއް އެންމެ ފުރިހަމަނުވެގެން ރުޅިބާލަނީ ކީއްވެގެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިބާގެ ކިބައިގަ ބައިވަރު އުނިކަން ހުރިއިރު ބައިވެރިޔާގެ ހުރިހާ ކަމެއް އެންމެ ފުރިހަމަނުވެގެން ރުޅިބާލަނީ ކީއްވެގެންތަ؟

ހުރިހާ ކަމެއް ފުރިހަމަވުމަކީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަ ސިފަފުޅެކެވެ. ދެން ހުރިހާ ކަމެއް ފުރިހަމަވެގެންވަނީ ސުވަރުގޭގައެވެ. އެއީ އެކަން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ގޮތެވެ. ވީމާ އެއްވެސް އިންސާނަކީ ދުނިޔޭގެ ޙަޔާތުގައި ހުރިހާ ސިފަތަކެއް ފުރިހަމަވާނެ މީހެއް ނޫނެވެ. އުނި އެތައް ކަމެއް ހުންނނެއެވެ. 

ބައިވެރިޔާގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ނުވެގެން ޝަކުވާކުރާ ކޮންމެ މީހަކަށްވެސް ބުނެލަން އޮތީ ވިސްނުން ބަދަލުކުރުމަށެވެ. ފުރަތަމަ ތިމާ އާއިމެދު ރަނގަޅަށް ވިސްނާށެވެ! ތިމާގެ ހުރިހާ ކަންކަން ފުރިހަމަތޯ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. އެއަށްފަހު ބައިވެރިޔާއަށް އިނގިލި ދިއްކުރާށެވެ. 

ދެން ބުނެލަން އޮތީ ތިމާ ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަަމ ނުވަނީ ވަރަށް މުހިންމު ސަބަބުތަކަކަސްޓަކައެވެ. ފުރަތަމަ ކަމަކަށް އެކަމުން އަންގައިދެނީ ޖަންނަތުލްފިރުދައުސް ލިބިގަންނަން މަސައްކަތްކުރަންޖެހޭ ކަމެވެ. ހަމަ އެފަދައިން ތިމާ ދުނިޔެއަށް ފޮނުއްވެވުނު ސަބަބާއިމެދުގައިވެސް ވިސްނަންވާނެއެވެ. 

ހުރިހާ ކަމެއް ފުރިހަމަ ބައިވެރިން ލިބޭނީ ސުވަރުގެއިންނެވެ. ﷲ ތަޢާލާ ދެއްވަވާ ޙޫރަލްޢީނުންގެ ހުރިހާ ކަމެއް ފުރިހަމަވާނެއެވެ. އަދި ދެމަފިރިންނަކީ ތަޤްވާވެރިކަމުގައިވީތީ ސުވަރުގެއިން ބައްދަލުވެ އެކުގައި ލައްވަވައިފިނަމަ ހުރިހާ ކަމެއް ފުރިހަމަވާނެއެވެ. 

ދުނިޔޭގައި އެންމެ ކާމިޔާބު މީހުންނަކީ ބައިވެރިޔާގެ ކިބައިގައި ހުރި އުނިކަންތައްތަކާއިއެކުވެސް ކެތްތެރިވެ އެކުގައި ދިރިއުޅެން މަސައްކަތްކޮށް އެކަން ކާމިޔާބުކުރާ މީހުންނެވެ. ސަބަބަކީ އެއިރުން އެކާމިޔާބުކުރެވެނީ ހަމައެކަނި ދުނިޔޭގެ ދިރިއުޅުމެއް ނޫނެވެ. އާޚިރަތްވެސްމެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން