ޢަޛާބް ލިބިގަންނަން އަމިއްލައަށް ބޭނުންނުވާ ނުކުރާ އެކަކަށްވެސް ޢަޛާބެއް ނުދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޢަޛާބް ލިބިގަންނަން އަމިއްލައަށް ބޭނުންނުވާ ނުކުރާ އެކަކަށްވެސް ޢަޛާބެއް ނުދެއްވަވާނެ! އިން ޝާ ﷲ

ފުރަތަމަ ބަލައިލާނީ " ޢަޛާބް ލިބިގަންނަން އަމިއްލައަށް ބޭނުންނުވާ ނުކުރާ އެކަކަށްވެސް ޢަޛާބެއް ނުދެއްވަވާނެ! އިން ޝާ ﷲ" މިފަދައިން މިބުނި ސަބަބަށެވެ. ޘަވާބާއި ޢަޛާބް ދެއްވަވާނެ ކަންކަން މުސްލިމުންނަށް ރަނގަޅަށް އެނގޭނެއެވެ. ޢަޛާބު ޙައްޤުވާ ކަމެއް ކުރެވުނަސް ތައުބާވުމުން ފާފަފުއްސަވައި ދެއްވަވާނެކަންވެސް އެނގޭނެއެވެ. އެހެންވީމާ ފާފަކުރަނީ އަދި ތައުބާނުވެ ތިބެނީ ފާފަ ލިބިގަންނަން ނޫންހެއްޔެވެ؟

މިއަދު ދުނިޔޭފގައި މީހުން އުޅޭ ޙާލަތަށް ބަލައިފިނަމަ ދެމަފިރިންވެސް އެކަކު އަނެކަކަށް ކަންކަން ކޮށްދެނީ މިނެކިރައިގެންނެވެ. މިންއަޅައިގެންނެވެ. އަނެކާ ކޮށްދޭ މިންވަރަށެވެ. ދެން އެހެންކަމަށްވާއިރު އެހެން މީހުންގެ ޙާލަތު ހުންނާނެ ގޮތަށް ނިކަން ވިސްނައިލަބަލާށެވެ! 

އެހެން ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވުމަށް އަހުރެން މަސައްކަތް ކުރާނަމަ މާބޮޑަށް އެކަލާނގެ އަހުރެމެންނާއި ކުއްތަންވެވޮޑިގަންނަވައެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ކުރާކަށް ނޫނެވެ. އެމީހަކަސް ކުރެވުނުހައި ރަނގަޅަކަށް ކުރުމަށެވެ. ވީމާ އަހުރެމެންނަށް މިއޮތީ ހަމަ އެންމެ ކަމެކެވެ. ކުރާ ކަންކަން ވީހައި ރަނގަޅަށް ކުރަން މަސައްކަތްކުރުމެވެ. 

މިޘާލަކަށް އަހުރެމެން ﷲ ތަޢާލާ އާއި ކުއްތަންވާން ކައިވަތަކަށް ހިނގައިފިނަމަ ﷲ ތަޢާލާ އަހުރެމެންނާއި ބަމައަކަށް ކުއްތަންވެވޮޑިގަންނަވަތެވެ. އަހަރެމެން ހިނގާފައި ﷲ ތަޢާލާގެ ޙަޟްރަތަށްދާން މަސައްކަތްކުރާނަމަ ﷲ ތަޢާލާ އަހުރެމެންނާއި ދިމާއަށް ދުވެވޮޑިގަންނަވައެވެ. 

މިކަންކަން ނުއެނގޭނެ މުސްލިމަކު ނުހުންނާނެއެވެ. އެކަމަކުވެސް މިކަންކަން ހާމަމިކުރީ ބައެއް މީހުންގެ ހިތުގައި އުފެދޭ ޝައްކެއް އޮޅުންފިލުވައިދިނުމުގެ ގޮތުންނެވެ. އެއީ ﷲ ތަޢާލާ އަހުރެމެންނަށް ޢަޛާބު ދެއްވަވަނީކަމާއިމެދު އަރާ އޮޅުމެވެ. މީސްތަކުންނޭވެ! ނިކަން ބުނެބަލާށެވެ! މިބަޔާންކުރި ފަދަ ދީލަތިވަންތަ ﷲ ތަޢާލާ އަހުރެމެންނަށް (އެކަލާނގެ ދެއްވަވަން ބޭނުންފުޅުވެވޮޑިގެން) ޢަޛާބު ދެއްވަވާނެ ހެއްޔެވެ؟ 

މިވާގޮތަކީ އަހުރެމެން އަމިއްލައަށް ޢަޛާބު ޙައްޤުވެގަންނަނީއެވެ. ޢަޛާބު ލިބިގަންނަނީއެވެ. އަމިއްލައަށް ލިބިގަތީމާ ﷲ ތަޢާލާ ދެއްވަވަނީއެވެ. ވީމާ ﷲ ތަޢާލާ އަހުރެމެންނަށް ޢަޛާބު ދެއްވެވުމުގެ މާނަ އޮޅުވައިނުލާށެވެ! އެމީހަކު އަމިއްލައަށް ބޭނުންވި އެއްޗެއް ނުވަތަ ލިބިގަތް އެއްޗެއް އެމީހަކަށް ދެއްވެވުމުން އެއީ ﷲ ތަޢާލާ ދެއްވެވި އެއްޗެއް ކަމަކަށް ނުބުނެވޭނެ ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! މިކަންކަމަށް ފުންކޮށް ވިސްނައިފި މީހަކަށް ގިސްލައި ރޮވޭނެއެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އަހުރެމެންގެ ހުރި ނުކިޔަމަންތެރިކަމަށް ވިސްނައިލެވުމުންނެވެ. ޝުކުރުވެރިނުވެވޭކަށް ވިސްނައިލެވުމުންނެވެ. އަބަދުވެސް ބުނާ ފަދައިން ޙާލަތު ބަދަލުކުރެވޭނީ ހަމަ އެމީހެއްގެ ޙާލަތު އެމީހަކު ބަދަލުކުރުމުންނެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން 

މިއަދު އޮންލައިން