ބަސްމަދުކޮށްގެންހުރެ މިޛިކުރުކުރާ މީހަކަށް އެސްފީނާއާއި ޝައިޠޯނާއާއި އަދި ގެއްލުންދެނިވި އެންމެހައި ނުބައި ތަކެތީގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބަސްމަދުކޮށްގެންހުރެ މިޛިކުރުކުރާ މީހަކަށް އެސްފީނާއާއި ޝައިޠޯނާއާއި އަދި ގެއްލުންދެނިވި އެންމެހައި ނުބައި ތަކެތީގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

ތިބާއަށް ކަމެއް ޙާޞިލުކުރެވުމުން އެކަމުގެ ވާހަކަ މީސްތަކުންގެ ގާތުގައި ދައްކާފަހުން އެކަން ތިބާއަށް ގެއްލިގެންގޮސްފައިވާ ކަންކަމުގެ ޢަދަދު އެނގޭ ހެއްޔެވެ؟ އަދި ތިބާ ކުރަން ޤަޞްކުރާ ކަންކަމުގެ ވާހަކަ ދެއްކީމާ އެމީހުން އެކަން ކުރަނީ މަދުން ހެއްޔެވެ؟  

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ ޙަޔާތާއި ގުޅުންހުރި ކަންކަމުގެ ވާހަކަ ޚާއްޞަކޮށް މިބުނި ދެބާވަތުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދައްކައިގެން ނުވާނެ ކަމެވެ. އަދި ކީއް ހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްބަސްފުޅުތަކުންވެސް އެނގެން އޮތީ މިބުނިފަދައިން ތިމާގެ ހުރިހާ ކަންކަން އެންމެންގެ ގާތު ކިޔައި ނުދިނުމަށެވެ.  

އެއީ ތިބާއަށް ހެޔޮއެދެނީ ކާކުކަމާއި ހިތުގައި ޙސަދަލައިގެން އުޅެނީ ކޮންބައެއްކަން ނުއެނގޭތީއެވެ. ވީމާ އަހުރެންގެ ނަޞީޙަތަކީ މިފަދަ ވާހަކަތައް ދެއްކުމުން ދުރުހެލިވެހުރުމެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކުރުގެ ތެރޭގައި ހިމަނައިގެން ދެއިރު، 3 ފަހަރު މިފަދައިން ޛިކުރުކުރުންމަތީގައި ހުރުމެވެ. އެމީހަކަށް އެސްފީނާއާއި ޝައިޠޯނާ އާއި އަދި ގެއްލުންދެނިވި އެންމެހައި ނުބައި ތަކެތީގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން