މަގު އޮޅި ދިރިއުޅުމަށާ އާޚިރަތަށް އެންމެ ބޮޑަށް ގެއްލުން ލިބޭ ފާފަ! އެންމެ ގިނަ ބައަކު ކުރަން ދެވިހިފާ ބޮޑުފާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
މަގު އޮޅި ދިރިއުޅުމަށާ އާޚިރަތަށް އެންމެ ބޮޑަށް ގެއްލުން ލިބޭ ފާފަ! އެންމެ ގިނަ ބައަކު ކުރަން ދެވިހިފާ ބޮޑުފާފަ!

ޤަބޫލުކުރަން އުނދަގޫވި ނަމަވެސް މައިންބަފައިންނާއި އޮންނަންޖެހޭ ގުޅުން ކެނޑިގެންދާ މައިގަނޑު ނުވަތަ އެންމެ ޢާންމު ކަމަކަށްވެފައި އޮންނަނީ ލޯބިވެރިޔަކާއި އެނޫންވެސް ބައަކާއިއެކު ފާޙިޝް ޢަމަލުތައް ކުރަން ފެށުމެވެ. އެކަން މެދުވެރިވާ ސަބަބުވެސް ތަޖުރިބާ ހުންނަ މީހުން ކިޔައިދެއެވެ. 

ފާޙިޝް ޢަމަލުތައް މީހަކު ކުރަން ފަށައިފިނަމަ އެމީހާގެ މައްޗަށް އެކަންކަން ބާރުގަދަކޮށްލާނެއެވެ. އެންމެ މުހިންމު ކަމަކީ އެކަންކުރުންކަމަށް ދެކެވޭނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް އެކަންކަން ކުރަން ބޭނުންވާނެއެވެ. 

ދެން އެހިސާބުން މައިންބަފައިންގެ ބަސް ޤަބޫލުކުރަން އުނދަގޫވާނެއެވެ. ބޭރަށް ނުދާން ބުނި ނަމަވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ނުވަތަ ކޮންމެވެސް ދޮގެއް ހަދާފައި ބޭރަށްވެސް ދެވޭނެއެވެ. އެކަންކަން އެކުރެވެނީ އަމިއްލަ ބާރަކުވެސް ނޫނެވެ. ސީދާ ޝައިޠޯނާގެ ބާރުގައެވެ. 

އެހިސާބުން މައިންބަފައިންދޭ ނަޞޭޙަތްތަކަށް ނަފްރަތުކުރެވެންފަށާނެއެވެ. އަދި މައިންބަފައިންނަށްވެސް، އަދި އެގޮތަށް އުޅެން ހުރަސްއަޅާ އެންމެން ދެކެވެސް ރުޅިއައުދެވްން ފަށާނެއެވެ. އެކަން މެދުވެރިވާ ސަބަބަކީވެސް ހަމަ ޝައިޠޯނާއެވެ. އެމީހުންގެ މައްޗަށް ނަފްރަތު އުފެއްދުވީމާ ޝައިޠޯނާ އެމީހަކު ލައްވައި ކުރުވަން ބޭނުންވާ ކަންކަން ކުރުވަން ފަސޭހަވާނެތީއެވެ. 

ޝައިޠޯނާއަކީ ހަމައެކަނި ވަސްވާސްދީފައި ދުރުގައި ހުންނަ އެއްޗެއް ނޫނެވެ. އެފާފައެއް ކުރުވޭނެގޮތް ހޯދާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް އެފާފައެއް ކުރުވަން މަސައްކަތްކުރާނެއެވެ. ޝައިޠޯނާއަށް ހަމަޖެހުން ލިބޭނީ އެމީހަކު އެފާފަ ކުރިވަރަކުންނެވެ. 

ވީމާ ދެޖިންސުގެ ޒުވާނުންނަށްވެސް އަދި ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ބުނެލަން އޮތީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކައިވެނީގެ ބޭރުން އެފަދަ އެއްވެސް ގުޅުމެއް ނުހިންގާށެވެ. ފާޙިޝް ޢަމަލަކަސްވާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެކަމުގެ ސަބަބުން މައިންބަފައިންނާއި އަދި ތިމާއަށް ހެޔޮއެދޭ އެންމެންނާއިވެސް ގުޅުންކެނޑިގެން ހިނގައިދާނެއެވެ. އެހެންވެއްޖެ ނަމަ ދެން ކުރިމަތިވާ ކަންކަމުގެ ސަބަބުން އާޚިރަތްވެސް ގެއްލި ދުނިޔޭގައިވެސް އެކަމުގެ ހިތާމަކުރަން ޖެހުން އޮންނާނީ ދާދި ގާތުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން