މައިންބަފައިންނަށްޓަކާ ކުރަން އެންމެ ފައިދާހުރި ބައެއް ދުޢާ-

ކިޔުމަށް ހޭދަވާނީ 7މ 50ސ
މައިންބަފައިންނަށްޓަކާ ކުރަން އެންމެ ފައިދާހުރި ބައެއް ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ

 

މައިންބަފައިންނަށްޓަކައި ކުރަން އެންމެ ފައިދާހުރި ދުޢާއަށް އެދިލއްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެފަދަ ބައެއް ދުޢާ އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

މައިންބަފައިންނަކީ އަހުރެމެން ދުނިޔެއަށް އައުމުގެ އަސްލެވެ. ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމަށް މައިންބަފައިން ވަރަށް ބޮޑު ޤުރުބާނީއެއް ވެއެވެ. އެހެންކަމުން ދަރީން އަބަދުވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތަން ޖެހެއެވެ. މީގެ އިތުރުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތަކުގައިވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވެއެވެ. 

އެގޮތުން އިސްރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

(وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾‏ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾‏

މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24)" 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

جَاءَ رَجُلٌ إلى رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ فَقالَ: يا رَسولَ اللَّهِ، مَن أحَقُّ النَّاسِ بحُسْنِ صَحَابَتِي؟ قالَ: أُمُّكَ، قالَ: ثُمَّ مَنْ؟ قالَ: ثُمَّ أُمُّكَ، قالَ: ثُمَّ مَنْ؟ قالَ: ثُمَّ أُمُّكَ، قالَ: ثُمَّ مَنْ؟ قالَ: ثُمَّ أبُوكَ.

މާނަ: ”ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ޞަޙާބީއަކު ސުވާލުކުރެއްވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކޮން ބަޔަކަށްތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ތިބާގެ މަންމައެވެ.” އެހިނދު ޞަޙާބީ ސުވާލުކުރެއްވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ދެން ވެސް ތިބާގެ މަންމައެވެ.” އަނެއްކާވެސް ޞަހާބީ ސުވާލުކުރެއްވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ދެން ވެސް ތިބާގެ މަންމައެވެ.” އަނެއްކާވެސް ޞަޙާބީ ސުވާލުކުރެއްވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”ދެން ތިބާގެ ބައްޕައެވެ.”

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

މައިންބަފައިންގެ ފާފަ ފުއްސެވުމަށް އެދި ކުރެވިދާނެ 3 ދުޢާ 

· އިބްރާހީމް ސޫރަތުގެ 41 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

(رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ! (41)" 

· އިސްރާ ސޫރަތުގެ 24 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

(رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾‏

މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24)" 

· ނޫޙް ސޫރަތުގެ 28 ވަަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

(رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ)

މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ!" 

މައިންބަފައިންނަށް ޞާލިޙް ދަރީން ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެއެވެ. އެހެންކަމުން މައިންބަފައިން ދުނިޔޭގައި ހުރިނަމަވެސް އަދި ދުނިޔެ ދޫކޮށްފައިވީނަމަވެސް އެބައިމީހުންނަށް ހެޔޮ ދުޢާ ކޮށްދީ އެބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ކައްވަޅުގެ ޢަޛާބުން ސަލާމަތް ކޮށްދެއްވުމަށާއި، ކަށްވަޅަކީ އެބައިމީހުންނަށް އަލިތަނެއް ކަމުގައި ލައްވާ ސުވަރުގެ ވައްދަވައިދެއްވުން އެދި ދަރީން އަބަދުވެސް ދުޢާ ކުރަން ވާނެއެވެ.

މިއަދު އޮންލައިން