މަރުވާނެތީ ވިސްނާކަށް ނުޖެހޭ! ބުއްދީގެ ބޭނުންކޮށްފި މީހަކަށް މަރުވުން ވާނީ ލިބޭ އެންމެ ބޮޑު އުފަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މަރުވާނެތީ ވިސްނާކަށް ނުޖެހޭ! ބުއްދީގެ ބޭނުންކޮށްފި މީހަކަށް މަރުވުން ވާނީ ލިބޭ އެންމެ ބޮޑު އުފަލަށް!

މަރުވާނެތީ ކަންބޮޑުވާންނުޖެހޭ އެންމެ ބޮޑު ސަބަބަކީ މަރުވާނެކަން އެއީ ކުރިމަތިވާނެ އެންމެ ޔަޤީންކަން ބޮޑު ކަންތައް ކަމުގައިވާތީއެވެ. ކުރިމަތިވާނެކަން ޔަޤީންވާކަމަކާއި ކުރިމަތިލާން ޖެހޭނެތީ ކަންބޮޑުވުން އެއީ މޮޔައަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ. އެހެނީ 24 ގަޑިއިރު އެކަމަށް ަކންބޮޑުވެ މުޅި ޢުމުރު އެކުގައި ހޭދަކުރިޔަސް މަރުވާނެތީއެވެ.  

މަރުވުމަކީ އެންމެ ބޮޑުރަޙްމަތް ކަމަށް ބުނުމުން ބައެއް މީހުން ރުޅިވެސް އައުދެއެވެ. އެއީ އެމީހާ އެންމެ ނޭދޭކަންތައް އެމީހަކަށް މެދުވެރިވުމަކީ ރަޙްމަތެއްކަމަށް ބުނާތީއެވެ! އެކަމަކު ބުނެވޭނީ ކަންތައް އޮތް ގޮތަށް ނޫންހެއްޔެވެ؟  

ވިސްނާށެވެ! އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މަރުވާނެ ކަމާއިމެދު ކަންބޮޑުވާ ބައެކެވެ. ނަމަވެސް މަރުވާނެ ކަމާއިމެދު ކަންބޮޑުވުމަކީ ކޮބައިކަމެއް އެމީހުންނަކަށް ނުއެނގެއެވެ. މަރުވާނެތީ ކަންބޮޑުވުމަކީ މަރުވުމަށް ތައްޔާރުވުމެވެ. ހަމައެއާއިއެކު ޙަދީޘްފުޅުގައި އޮތީ މަރުވުމަކީ ނިޢްމަތެއް ކަމަށެވެ! ނިޢުމަތެއް ލިބޭތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟  

މަރުވުމަކީ ނިޢްމަތަކަށްވެގެންދަނީ ދުނިޔޭގައި ހުރެ ތިމާ ކުރި މަސައްކަތުގެ ނަތީޖާފެނި އެކަމުގެ އަރާމާއި އުފާ އެމީހަކަށް ލިބިގެންދާނީ އެމީހަކު މަރުވުމުން ކމުގައިވާތީއެވެ. ވީމާ މަރުވާނެތީ ކަންބޮޑުނުވެ އުފާކުރާށެވެ!  

އަހަރެމެންގެ ނުވަތަ ގެންގުޅޭ ޑީވައިސްތަކުގައި ހުންނަ އެހެން މީހަކަށް ފެންނަން ބޭނުންނުވާ ތަކެތި މިގެންދަނީ ވަގުތުން ޑިލީޓްކުރަމުންނެވެ. އެކަމަށް އަވަސްވެގަންނަމުއެވެ. ވީމާ އެކަމަށް އަވަސްވެގަންނަފަދައިން ތިމާގެ ކިބައިގައި ހުރި ޑިލީޓްކުރަންޖެހޭ ކަންކަން އަވަހަށް ޑިލީޓްކޮށްލާށެވެ! ޤިޔާމަތް ދުވަހު އެކަންކަމާއި ކުރިމަތިލާން ނުޖެހޭނީ އެއިރުންނެވެ.  

ޢަމަލުތައް ޑިލީޓްކުރުމަކީ ކުރެވޭ ފާފަތަކަށް ތައުބާވުމެވެ. އިޚްލާޞްތެރިކަމާއިއެކު، އެކަމުގެ ޝަރުޠުތައް ފުރިހަމަކޮށް ތައުބާވުމުން އެހިސާބުން އެފާފަތައް ޑިލީޓްކުރައްވަވާނެތެވެ. ތިބާގެ ފަތުން އެކަންކަން ފުހެވިގެންދާނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން