މިއީ ކުރަން އެންމެ ފައިދާހުރި ދުޢާއެއް! ގިނަގިނައިން ކުރަންޖެހޭވެސް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މިއީ ކުރަން އެންމެ ފައިދާހުރި ދުޢާއެއް! ގިނަގިނައިން ކުރަންޖެހޭވެސް ދުޢާއެއް!

ކުރާނެ ރަނގަޅު ދުޢާއަކަށް އެދޭ މީހުންނަށް މިގެނެސްދެނީވެސް ކުރަން އެންމެ ފައިދާހުރި ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ. އިން ޝާ ﷲ  

ޔާ ﷲ! އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވަނީ އިނބަ ﷲ އަށެވެ. އިނބަ ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް ރަޙްމަތެއް ނުވެއެވެ.

ޔާ ﷲ! މަގު ގެއްލިފައިވީ މީހުންނާއި ފާފަކުރާ މީހުންގެ ތެރެއިން މިއަޅާ ނުލައްވަވާނދޭވެ!  

ޔާ ﷲ! އިނބަ ﷲ އީ ބަލިކަށި މީހުންނަށް ރަޙުމްކުރައްވަވާ ރަސްކަލާނގެއެވެ. މިއަޅާ މިވަނީ ބަލިކަށިވެފައެވެ.

ޔާ ﷲ! މިއަޅާގެ ބަލިކަށިކަމާއިއެކުވެސް ނަމާދުކޮށް އިނބަ ﷲ އަށް ސަޖިދަކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! އާމީން 

އަހުރެމެން ކޮންމެ މީހަކީވެސް ދުނިޔޭގައި ހުރިނަމަ ޢުމުރުން ދުވަސްވުމުންނާއި އެނޫންވެސް ގޮތްގޮތުން ބަލިކަށިވާނެ ބައެކެވެ. މިފަދަ މޭރުމުން ދުޢާކުރަންޖެހޭނެ ބައެކެވެ. އެދުވަހަށްޓަކައި ހުންނަންޖެހޭނީ ތައްޔާރުވެގެންނެވެ.  

އެދުވަހަށް ތައްޔާރުވެގެން ހުރުމަކީ ޒުވާން ޢުމުރުން ފެށިގެން ޙައްޤުމަގުގައި ސާބިތުވެ ހުންނަން މަސައްކަތްކުރުމާއިއެކު ނަމާދު ޤާއިމުކުރަމުން ދިއުމެވެ. ވަކި ޢުމުރަކަށް މަޑުނުކޮށް ހުރިހާ ޢުމުރެއްގައިވެސް ނަމާދު ޤާއިމުކުރާ މީހަކަށްވާން މަސައްކަތްކުރާށެވެ! ނަމާދު ޤާއިމްކުރުމަކީ ފަރުޟު 5 ނަމާދަށް ރައްކައުތެރިވެ ބަރާބަރަށް ކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން