އަމިއްލަ ދިރިއުޅުމުގައިވެސް އަދި އެހެންކަމެއްގައިވެސް ތިމާއަކީ އެހެން މީހުންނަށްވުރެ މޮޅު ނުވަތަ މަތީގަ ހުރި މީހަކުކަމަށް ޤަބޫލުކުރެވޭ މީހުން ސުވަރުގެ ނުވައްދަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަމިއްލަ ދިރިއުޅުމުގައިވެސް އަދި އެހެންކަމެއްގައިވެސް ތިމާއަކީ އެހެން މީހުންނަށްވުރެ މޮޅު ނުވަތަ މަތީގަ ހުރި މީހަކުކަމަށް ޤަބޫލުކުރެވޭ މީހުން ސުވަރުގެ ނުވައްދަވާނެ!

އެމީހެއްގެ ހިތުގައި ޛައްރެއްގެ މިންވަރުގެވެސް ބޮޑާކަމާ ކިބުރުވެރިކަން އޮތް މީހާ ސުވަރުގެ ނުވައްދަވާނެކަން އެނގެން އޮތީ ޞަޙީޙް ޙަދީޘްފުޅުންނެވެ. އަހުރެން މިބަސް މިހެން މިބުނަނީ ޙަދީޘްފުޅުން އެކަން އެނގެން އޮތަތީއެވެ.

ޤިޔާމަތްދުވަހު ކޮންމެ މީހެއްގެ އަތުގައިވެސް އެމީހާ ދުނިޔޭގައި ހުރެ ކުޅަ ޢަމަލުތަކުގެ ފަތް ތަތްލާނެތެވެ. ފަތުގައި ނުހިފަންވެގެން ދެއަތް ފުރަގަހަށްލާނެ މީހުންގެ އަތުގައިވެސް ތަތްލާނެއެވެ. އެފަތުގައި ނުހިފައި ސަލާމަތެއް ނުވެވޭނެއެވެ.

ބައެއް މީހުންގެ ސިފަ ރީތިވުމުން، ފައިސާވެރިވުމުން، މުދައު ގިނަވުމުން، ބާރު ހުރި މަޤާމެއް ލިބުމުން ބޮޑާވެ ކިބުރުވެރިވެއެވެ. މީސްތަކުންގެ ކިބައިން މޫނު އަނބުރާލައެވެ. ހަރުކަށި ޢިބާރާތުން ބަސްތައް ބުނެއެވެ. އޭނާއަކީ މާމޮޅު މީހެއްކަމަށް ޤަބޫލުކުރެވިގެންނެވެ.

ފުރަތަމަކަމަކީ އެމީހުންނަށްވުރެ މާ ރީތި، މާތަނަވަސް، މާމަތީ މަޤާމުތަކުގައި ތިބޭ މީހުންގެތެރޭގައިވެސް މަޑުމަތިރިވެފައި ހިތްތިރި މީހުން ތިބޭކަމެވެ. އެމީހުން އެ ޢަމަލުކުރަނީ ބޮޑާވެ މީސްތަކުންގެ ކިބައިން މޫނު އަނބުރައިނުލުމަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅަށެވެ.

ދުނިޔޭގައި އަހަރެމެންނަށް ދެއްވަވާ އެއްވެސް ނިޢްމަތަކާއި ގުޅިގެން ބޮޑާވެ ފަޚުރުވެރިވުމެއް ނެތެވެ. އެއިން ކޮންމެ ކަމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އުފާވެރިކަން ލިބި، ބޮޑާވެ ފަޚުރުވެރިވެވޭނީ އެންމެ ޙާލަތެއްގައެވެ. އެއީ އެމީހާ ދުނިޔޭގައި ހުރިއިރު ކުޅަ ޢަމަލުތަކުގެ ފަތް އެމީހާގެ ކަނައަތަށް ލިބުމުންނެވެ. އެހިސާބުން ދެން އެމީހަކު ފަޚުރުވެރިވާންވީއެވެ. އެހިސާބުން އެމީހަކަށް ޔަޤީންވެގެން އެދިއައީ އޭނާއަކީ ސުވަރުގެ ލިބޭނެ އަޅެއްކަމެވެ. އެއިގެކުރިން ކޮންމެ މީހަކުވެސް މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ވިސްނައިލަންވީ ކަމަކީ ބޮޑާވެ ކިބުރުވެރިވެ ފަޚުރުވެރިވުމަކީ ޢަމަލުތަކުފަތް ތިމާގެ ކަނާއަތަށް ނުލިބިދާނެ ކަމެއްކަމެވެ. އެހެނީ އެސިފަތަކަށް ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. އަދި އެ ސިފަތައް ހުންނަ މީހުން ސުވަރުގެ ނުވައްދަވާނެކަން އެނގެން އޮތުމުންނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން