ޢާއިޝަތު ރަފާޙް ޢަލީ
ދަމުނަމާދު ކުރުމުން ވަރަށް ގިނަ ފައިދާތައް ކުރެއެވެ. ﷲ ތަޢާލާ ގެ ރަޙްމަތާއި އެކަލާނގެ ސުވަރުގެ ޙައްޤުވެގެންދެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބި ކުރެވިފައިވާ ފާފަތައްވެސް ފުއްސަވައިދެއްވަވައެވެ.
· ނިދަން އޮށޯންނަމުން ދަމުނަމާދަށް ތެދުވުމަށް ނިޔަތްގަތުން:
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
" مَنْ أَتَى فِرَاشَهُ وَهُوَ يَنْوِي أَنْ يَقُومَ يُصَلِّي مِنَ اللَّيْلِ فَغَلَبَتْهُ عَيْنَاهُ حَتَّى أَصْبَحَ كُتِبَ لَهُ مَا نَوَى وَكَانَ نَوْمُهُ صَدَقَةً عَلَيْهِ مِنْ رَبِّهِ عَزَّ وَجَلَّ "
މާނައީ: "ރޭގަނޑު ތެދުވެ ދަމުނަމާދު ކުރުމަށް ނިޔަތް ގަންނަ ޙާލު ތަންމަތީގައި އޮށޯވެ، ފަހެ ފަތިސްވެއްޖެއުމަށް ދާންދެން ނުހޭލެވި ނިދިފައި އޮވެއްޖެ މީހާ ދަންނައެވެ. އޭނާ ނިޔަތްގަތް ކަމެއް އޭނައަށްޓަކައި ލިޔުއްވޭނެއެވެ. އަދި އޭނާގެ ނިދި ވާނީ މާތް ﷲ ގެ ޙަޟްރަތުން އޭނާއަށް ވާ ޞަދަޤާތަކަށެވެ."
އިތުރު ބައެއް ހަދީޘް:
· ދަމުނަމާދަށް އަނބިދަރީން ހޭލެއްވުން:
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
رحِمَ اللَّه رَجُلا قَامَ مِنَ اللَّيْلِ، فصلىَّ وأيْقَظَ امرأَتهُ، فإنْ أَبَتْ نَضحَ في وجْهِهَا الماءَ، رَحِمَ اللَّهُ امَرَأَةً قَامت مِن اللَّيْلِ فَصلَّتْ، وأَيْقَظَتْ زَوْجَهَا فإِن أَبي نَضَحَتْ فِي وجْهِهِ الماءَ
މާނައީ: އެމީހަކަށް ﷲ ރަޙްމަތް ލައްވާށިއެވެ! އޭނާ ރޭގަނޑު ތެދުވެ ދަމުނަމާދު ކުރެއެވެ. އަދި އޭނާގެ އަނބިމީހާ ހޭލައްވައެވެ. ފަހެ ހޭނުލައިފިނަމަ އެކަނބުލޭގެ މޫނުމައްޗަށް ފެން ވިހުރުވާލައެވެ. އަދި ﷲ އެއަންހެންމީހާއަށް ރަޙްމަތް ލައްވާށިއެވެ. އެކަނބުލޭގެ ރޭގަނޑު ތެދުވެ ދަމުނަމާދު ކުރެއެވެ. އަދި އެކަނބުލޭގެ ފިރިމީހާ ހޭލައްވައެވެ. ފަހެ ހޭނުލައިފިނަމަ އޭނާގެ މޫނުމައްޗަށް ފެން ވުހުރުވާލައެވެ."
378 من حديث: (رحم اللَّه رجلا قام من الليل فصلى وأيقظ امرأته..) (binbaz.org.sa)
މިލިޔުމުގައިވެސް ހަނދުމަކޮށްލައިދޭނަމެވެ. ދަމުނަމާދުކުރަން ފަށާ މީހާ ކުރު ކުރުކޮށް ދެ ރަކުޢަތުން ދަމުނަމާދު ކުރަންފަށާށެވެ. ބުރައަކަށް ނުވާ ވަރަށް ދެރަކްޢަތުން ކުރަމުން ގެންދާށެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
إذا قامَ أحَدُكُمْ مِنَ اللَّيْلِ، فَلْيَفْتَتِحْ صَلاتَهُ برَكْعَتَيْنِ خَفِيفَتَيْنِ.
މާނައީ: މާނައީ: ތިޔަބައިމީހުން ކުރެ މީހަކު ދަމުނަމާދަށް ތެދުވާއިރު އޭނާގެ ނަމާދު ލުއިލުއި ދެރަކަޢަތުން ފަށާހުށިކަމެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)