މައިންގެ ދަރަޖަ 75 އިންސައްތައަށް އުފުއްލަވާފައިއެވަނީ ދަރިން އެކަމުން ފިލާވަޅުދަސްކޮށް ސުވަރުގެ ވަންނަން މަގުފަހިކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މައިންގެ ދަރަޖަ 75 އިންސައްތައަށް އުފުއްލަވާފައިއެވަނީ ދަރިން އެކަމުން ފިލާވަޅުދަސްކޮށް ސުވަރުގެ ވަންނަން މަގުފަހިކުރަން!

އަހުރެން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އިސްލާމް ދީނުގައި އަންހެނުންނަށް އެއްވެސް މަތީ ދަރަޖައެއް، މަޤާމެއް ނެތްކަމަށް ބައަކު ބުނާތީއެވެ. އަހުރެންނަކީ މަންމައެކެވެ. އެހެން އެބުނާ މީހުންނަށް އަހުރެންނަށް ﷲ ތަޢާލާ ދެއްވެވި މަތިވެރި ދަރަޖަ ނުވެސް އެނގެނީއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ދަރިންގެ ބެލެނިވެރިކަން ވަނީ ބައްޕައަށެވެ. ދަރިން ބަލައިބޮޑުކުރަން ޚަރަދުކޮށް އަދި ކިޔަވަން ޚަރަދުކުރަނީވެސް ބައްޕައެވެ. ބަލިވެއްޖެނަމަ ބޭސްކޮށްދޭންޖެހެނީވެސް ބައްޕައަށެވެ. މިހެންގޮސް ދަރިންގެ ހުރިހާ ޚަރަދުތަކެއް ކުރަންޖެހެނީ ބައްޕައަށެވެ. 

މިބަޔާންކުރި ހުރިހާ ޒިންމާތަކެއް ބައްޕަގެ ކޮނޑުގައި އެޅުއްވެވުމަށްފަހުގައިވެސް އަހުރެންގެ ދަރަޖަ ވަނީ ދަރިންގެ ބައްޕައަށްވުރެ 75 ދަރަޖައަށް މަތިކުރައްވަވައިފައެވެ. ބައްޕައަށް އޮތީ އެންމެ 25 ދަރަޖައެވެ. މިއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސަލައްމަގެ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. އެކަމުން އެނގިގެންދަނީ މައިންގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާފައިވާ މިންވަރެވެ.  

އަދިވެސް ކީއްހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހި ވަސަލައްމަގެ ޙަދީޘްފުޅުތަކަށް ބައްލަވާށެވެ! އަނހެނުން ސިފަކުރައްވަވާފައިވަނީ އަގުބޮޑު ޖަވާހިރެއްގެ ގޮތުގައެވެ. އަގުބޮޑު ޖަވާހިރަކަށް ލިބޭނެ ދަރަޖަ ޢާއި ރައްކައުތެރިކަން ވަނީ ދެއްވަވައިފައެވެ.  

އެކަމުގެ ދަލީލަކަށް އަހުރެން ދައްކާނީ ގޭގައި ނަމާދުކުރުމުން ޘަވާބު އުނިނުކުރައްވަވައި މިސްކިތަށް ފިރިހެނުން ގޮސް ޖަމާޢަތުގައި ނަމާދުކުރުމުން ދެއްވަވާ ދަރަޖަ ދެއްވަވާކަމެވެ. އެކަމުން އަހުރެންނަށް އެނގެނީ އަހުރެމެން ނަމާދަށް ވިޔަސް ގެއިން ބޭރަށް ދާނަމަ ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ކުރައްވަވާފައިވާ ކަމެވެ. އެހައިބޮޑަށް ރައްކައުތެރިކަން ދެއްވަވާފައިވާ ކަމެވެ.  

ދެން މިކަންކަމަށް ނުވިސްނައި އަނހެނުންނަށް ދީނުގައި އެއްވެސް ދަރަޖައެއް ނެތްކަމަށް ބުނާބުނުންތައް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހުރެން އެފަދަ އެފަދަ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރާނަމެވެ.  

މިނޫންވެސް އެތައް ކަމެއް ދެއްކިދާނެއެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިވަރުންވެސް ފުދޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން