މިއީ ހަމައެކަނި މީހަކު މަރުވުމުން ކުރަން އޮތް ދުޢާއެއް ނޫން! ދެމަފިރިންގެ މެދުގަ މައްސަލަ ޖަހުނަސް ކުރުމުން ރަޙްމަތް ލައްވަވާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
މިއީ ހަމައެކަނި މީހަކު މަރުވުމުން ކުރަން އޮތް ދުޢާއެއް ނޫން! ދެމަފިރިންގެ މެދުގަ މައްސަލަ ޖަހުނަސް ކުރުމުން ރަޙްމަތް ލައްވަވާނެ ދުޢާއެއް!

މީހަކު މަރުވެއްޖެކަން އެނގުމުން ޢާންމު ގޮތެއްގައި ފުރަތަމަ ކަމަކަށްވެސް ގިނަ ބައަކު މިފަދައިން ދުޢާކުރެއެވެ. އެހެންވެ ގިނަ ބައަކަށް ވިސްނިފައި އޮންނަނީ މިއީ ހަމައެކަނި މީހަކު މަރުވުމުން ކުރަން އޮންނަ ދުޢާއެއް ކަމަށެވެ. 

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 

﴿156﴾ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

" އެއުރެންނީ އެއުރެންނަށް މުޞީބަތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲއަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ." 

މިދުޢާކުރާ މީހުންނަށް ހުރި ރަޙްމަތްވެސް އެނގެން މިއޮތީއެވެ.   

﴿157﴾ أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ

"އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣުފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ." 

މި ދެ އާޔަތުން އެނގިގެން މިދަނީ ކޮންމެ ކަމަކާއި ހުރެ ނަމަވެސް ކަންބޮޑުވާންޖެހިއްޖެނަމަ މިއީ ކުރަން އޮތް ދުޢާއެއް ކަމެވެ. އަދި މިދުޢާ ކުރާ މީހުންނަށް ރަޙްމަތް ލައްވަވާނެ ކަމެވެ.

ދެމަފިރިންގެ މެދުގައި ކަންކަން ގޯސްވެގެން ދިއުމުން އެއީ މައްސަލަ ޖެހުން ކަމަށް ބެލިނަމަވެސް ކަމުގެ ޙަޤީޤަތަކީ އެއީ ކުރިމަތިވާ އެންމެ ބޮޑު މުޞީބާތްކަމެވެ. ދުނިޔޭގެ ޙަޔާތަށް ބަލައިފިނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް ގޯސްވުމަށްވުރެ ބޮޑު މުޞީބާތެއް އަހުރެންނަކަށް ނުވެސް ވިސްނެއެވެ. އެއީ އެންމެ ބޮޑު ދެރައެއް ލިބެނީ އެކަމުން ކަމަށްވާތީއެވެ.

މައްސަލައަކަށް ވެގެން މިއަދު މިއުޅެނީ މުޞީބާތްތައް ކުރިމަތިވުމުން މިކުރިމަތިވީ މުޞީބާތެއްކަން ނުވެސް އެނގޭ ކަމެވެ. ހަމައެއާއެކުތައުބާވެ ދުޢާކޮށް ޛިކުރުކުރުމުން ހިތްވަރު ލިބިގަންނަން ފަސްޖެހޭ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން