ސީދާވެގެންވާ ތެދުމަށް ހިދާޔަތާ ޘާބިތުކަން ދެއްވެވުން އެދިގެން ކުރާނެ ބައެއް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 45ސ
ސީދާވެގެންވާ ތެދުމަށް ހިދާޔަތާ ޘާބިތުކަން ދެއްވެވުން އެދިގެން ކުރާނެ ބައެއް ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ

 

ހެޔޮ ޢަމަލުތައް ކުރިނަމަވެސް ފާފަކުރުންމަތީގައި ދެމިހުންނަނަމަ ނުވަތަ ބިރެއްނެތި ފާފަކުރެވޭނަމަ އެމީހަކީ ހިދާޔަތު ލިބިގެންވާ މީހަކަށް ނުވާނެއެވެ. ބޮޑުބައެއް އެމީހެއްގެ ކިބައިގައި އެވަނީ އުނިވެފައެވެ. 

ވީމާ ފުރަތަމަކަމަކީ ސީދާވެގެންވާ ތެދުމަގަށް ހިދާޔަތު ލިބިގަންނަން ގަދައަޅައި ަމސައްކަތްކުރުމެވެ. ދެވަނަ ކަމަކީ ސީދާވެގެންވާ ތެދުމަގުމަތީގައި ޘާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރުމެވެ. މިދެކަމަކީ ވަކިކުރެވޭނެ ކަމެއް ނޫނެވެ. 

ހިދާޔަތާއި ތައުފީޤަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާ އެއްޗެކެވެ. އަޅުގަނޑުމެން އަބަދުވެސް ހިދާޔަތް ދެއްކެވުން އެދިގެންނާއި އަދި ރަނގަޅު މަގުގައި ލެހެއްޓެވުން އެދިގެން މަސައްކަތްކުރަންޖެހެއެވެ. އަދި  ﷲ ތަޢާލާއަށް ދަންނަވަން ޖެހެއެވެ. މިއީ އެކުއެކުގައި ކުރަންޖެހޭނެ 2 ކަމެވެ. 

އެގޮތުން ﷲ ތަޢާލާ އަންޢާމް ސޫރަތުގެ 39 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

مَن يَشَإِ اللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٣٩﴾‏

މާނައީ: "اللَّه އިރާދަކުރައްވާ މީހަކު މަގު ފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު ސީދާ ވެގެންވާ ތެދުމަގެއްގައި ލަހައްޓަވަތެވެ. (39)" 

އަދި ޒުމަރު ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَن يَشَاءُ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ ﴿٢٣﴾‏

މާނައީ: "އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ. (23)" 

ހިދާޔަތް ދެއްކެވުން އެދި ކުރެވިދާނެ ބައެއް ދުޢާ: 

· اللَّهُمَّ إِنِي أَسْأَلُكَ الهُدَى، وَالتُّقَى، وَالعفَافَ، والغنَى

މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން ހިދާޔަތާއި، ތަޤްވާވެރިކަމާއި، ޢިއްފަތްތެރިކަމާއި، ފުދުންތެރިކަމަށް އެދި ދަންނަވަމެވެ.  

462 من حديث: (اللهم إني أسألك الهدى والتقى والعفاف والغنى) (binbaz.org.sa) 

ފާތިޙާ ސޫރަތުގެ 6 ވަނަ އާޔަތުގައި ﷲ ތަޢަލާ ވަޙީ ކުރައްވާފައިވެއެވެ. 

· اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾‏

މާނައީ: އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (6) 

އާލް ޢިމްރާން ސޫރަތުގެ 8 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

·  رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ. (8)"

·  يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ 

މާނައީ: "އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! މިއަޅާގެ ހިތް އިބަ އިލާހުގެ ދީނުގެ މަތީގައި ޘާބިތު ކޮށްދެއްވާފާނދޭވެ." 

Jami` at-Tirmidhi 3522 - Chapters on Supplication - كتاب الدعوات عن رسول الله صلى الله عليه وسلم - Sunnah.com - Sayings and Teachings of Prophet Muhammad (صلى الله عليه و سلم) 

· اللَّهُمَّ مُصَرِّفَ القُلُوبِ صَرِّفْ قُلُوبَنَا علَى طَاعَتِكَ» .

މާނައީ: އޭ ހައްދަވާ ރަސްކަލާނކޮ! ހިތްތައް އަނބުރާލައްވާ އިލާހެވެ. އަޅަމެންގެ ހިތްތައް އިބަ އިލާހަށް ކިޔަމަންތެރިވުމުގެ ފަރާތައް އަނބުރުއްވަވާ ދެއްވާފާދޭވެ." 

اللَّهُمَّ مُصَرِّفَ القُلُوبِ صَرِّفْ قُلُوبَنَا علَى طَاعَتِكَ - طريق الإسلام (islamway.net)

 

 

 

މިއަދު އޮންލައިން