ނަމާދުކުރާ މީހަކަށް ޘަވާބުގެ އިތުރުންވެސް ގިނަ ފައިދާތަކެއް ލިބޭނެ! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ނަމާދުކުރާ މީހަކަށް ޘަވާބުގެ އިތުރުންވެސް ގިނަ ފައިދާތަކެއް ލިބޭނެ! އިން ޝާ ﷲ

ނަމާދަކީ އަހަރެމެން އިސްލާމްދީނުގައި ކެތްތެރިކަމާއި، ހިތްވަރުގަދަކަމާއިއެކު ދެމިތިބުމަށް އެހީވެދޭ އެންމެ މުހިއްމު އެއް އަޅުކަމެވެ. އަދި ތިމާގެ އަޚްލާޤަށާއި ޞިއްޙަތަށްވެސް ނުހަނު ގިނަ ފައިދާތަކެއް ލިބޭ އަޅުކަމެކެވެ. 

އިސްލާމްދީނުގެ 2 ވަނަ ރުކުނަކީ ނަމާދެވެ. އަހަރެމެންނާއި މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާއާއި ދެމެދު އޮންނަ ގުޅުން ފުރިހަމަކޮށްދޭނެ އަޅުކަމަކީވެސް ނަމާދެވެ. އަދި މިއީ، އުޚުރަވީ ގޮތުންނާއި ދުނިޔަވީ ގޮތުންވެސް ތިބާއަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭނެ މާތް އަޅުކަމެކެވެ. 

ނަމާދުން ލިބޭ ބައެއް ފައިދާތައް: 

·      ނަމާދަކީ، ނުބައި ޢަމަލުތަކާއި، ތިބާގެ ކަށީގައި ހިފާފައިވާ ނޭދެވޭ ޢަމަލުތަކުން ނަފްސު ޠާހިރުކޮށްދޭ އަޅުކަމެކެވެ.

ކީރިތި ޤުރުޢާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ނަމާދު ޤާއިމުކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ." (29:45) 

·      މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ އާއި ތިބާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވުން 

·      ނަމާދަކީ އިސްލާމުދީނުގެ ހަމަހަމަކަން އަންގައިދޭ އަޅުކަމެކެވެ. މީސްތަކުން މިސްކިތައް ޖަމަޢަވެ، އެއްސަފުގައި އެންމެން އެކުގައި އެކަލާނގެއަށް ވަކީލުކުރާއިރު ވަކި ނަޞްލެއްގެ މީހަކަށް އިސްކަމެއްނުދެއެވެ. އަހަރެމެންނަށް ފެންނާނީ ހަމަހަމަކަމާއި އެއްބައިވަންތަކަމެވެ.  

·      އިޚްލާޞްތެރިކަމާއިއެކު ނަމާދު ޤާއިމުކުރުމަކީ، ތިބާގެ ގައިގައި ހިތްތިރިކަމުގެ ރިވެތި ސިފަ އަށަގަނެވޭނެކަމެކެވެ. ނަތީޖާއެއްގެ ގޮތުން، ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ލޯތްބާއި ރުހުން ތިބާއަށް ލިބޭނެއެވެ. 

"މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ."

 (23:1-2)   

·      ތިބާގެ އީމާންތެރިކަން ވަރުގަދަކޮށްދީ، ތެދު މަގުގައި ސާބިތުވުމަށް ފަސޭހަވުން 

·      ނަރަކައާއި ކަށްވަޅުގެ އަޛާބުން ސަލާމަތްވުން  

·      ތިބާގެ ފާފަތައް ފޮހެވިގެން ދިޔުން 

·      ކަންނެތްކަމުގެ ނުބައި ސިފައިން ސަލާމަތްވުން 

·      އެކަލާނގެ ރިޒްޤުގެ ތަނަވަސްކަން ތިބާއަށް ލިބުން 

·      ސިއްޙަތަށް ޙެޔޮ އަސަރުތައްކުރުން 

އަދި މިނޫނަސް އެތަކެއް ފައިދާއެއް ނަމާދުގެ ސަބަބުން އަހަރެމެންނަށް ލިބޭނެއެވެ. ވީމާ، ނަމާދަށް ފަރުވާތެރިވާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އެއިރުންނެވެ.

 

http://www.quranreading.com/blog/benefits-of-five-daily-prayers-in-islam

 

މިއަދު އޮންލައިން