ބައިވެރިޔާކަމަށްވީނަމަވެސް ކުރިކަމަކާ ގުޅިގެން ބަސްބުނީމާ، ބަސްބުނުން ކުށްވެރިކުރާ މީހަކާއެކު ދިރިއުޅެން މަސައްކަތްކުރާ މީހަކު ނަފްސާނީވެ ދުނިޔެއިން މޮޔަވުން ނޫންކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބައިވެރިޔާކަމަށްވީނަމަވެސް ކުރިކަމަކާ ގުޅިގެން ބަސްބުނީމާ، ބަސްބުނުން ކުށްވެރިކުރާ މީހަކާއެކު ދިރިއުޅެން މަސައްކަތްކުރާ މީހަކު ނަފްސާނީވެ ދުނިޔެއިން މޮޔަވުން ނޫންކަމެއް ނުވާނެ!

ވަރަށް ގިނައިން ކުރިމަތިލާންޖެހޭ ކަމެކެވެ. މީހަކު ކުށެއް ކުރީއެވެ. ތިބާއަށް އަދާކުރަންޖެހޭ ޙައްޤު އަދާނުކުރީއެވެ. ތިބާ ނިކަމެތިކުރީއެވެ. ބޭވަފާތެރިވެސް ވީއެވެ. އަނިޔާވެރިވެސްވީއެވެ.  

އޭނާ ކުރި ކަންތަކާއި ގުޅިގެން ތިބާ ބަހެއް ބުނެފިނަމަ ނުވަތަ ފިޔަވަޅެއް އަޅައިފިނަމަ ކުށްވެރިކުރާނީ ތިބާއެވެ. އެންމެ ފަސޭހައިން ދައްކާނީ އަބަދު ޝަކުވާކޮށް ބޮލަށް އުނދަގޫކުރާކަމުގެ ވާހަކައެވެ. އެކަމާއިހުރެ ރުޅިގަދަވެވޭ ވާހަކައެވެ. އޭނާ ތިބާއަށް ކުރި ކަންތަކުގެ މަތިން ހަނދާން ހުރިކަމަކަށް ނުހަދާނެއެވެ. ކަމެއް ކުރިކަމަކަށްވެސް ނުހަދާނެއެވެ.  

އެފަދަ މީހަކު ކުރާ ކަމަކާއި ގުޅިގެން ސުވާލުކޮށް ވާހަކަދައްކަން އުޅުނަސް ރުޅިގަދަވާނެއެވެ. ތިބާ ކުށްވެރިކުރާނެއެވެ. ކުރިން މިބުނި ފަދަ ބަސްތައް ބުނާނެއެވެ. އެމީހުންގެ ބޭނުމަކަށްވާނީ އެހެން މީހުން އަޅުވެތިކުރުމެވެ. ރުޅިއަންނަ ކަމަށް އެހެދެނީ ކުރި ކުށް ފޮރުވާށެވެ. ބިރުދައްކައިގެން އަނެކާ މައިތިރިކުރާށެވެ.  

ބުނަންހެއްޔެވެ؟ މިސިފަތައް ހުންނަ މީހަކާއި ގުޅިގެން އުޅެން މަސައްކަތް ކުރުމަކީ މުޅިން ބޭކާރު ކަމެކެވެ. އެމީހުންނަކީ މަކަރުވެރިންގެ ތެރެއިންވެސް އަރާތިބޭ ބައެކެވެ. އެސިފަ ހުންނަ މީހަކު އިޞްލާޙެއްވެސް ނުވާނެއެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުންނަކީ ތިމާއަށް ކުރެވޭ ކުށްތައް ޤަބޫލުކޮށް މާފަށް އެދެންޖެހޭ ބައެކެވެ. ކުށް ކޮށްފައި އެކަމުގައި ތޮފިއަޅުވަން މަސައްކަތްކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެސިފަ ހުންނަ މީހަކާއިއެކު އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. ކެތްތެރިވާން މަސައްކަތްކުރާ މީހާ ނަފްސާނީވެ ދުނިޔެއިން މޮޔަވަންޖެހުން ނޫންކަމެއް ނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން