މުއުމިނުންގެ ކިބައިން ފެންނަންޖެހޭ މިސިފަތަކުން ތިބާގެ ކިބައިގަ ކިތައް ސިފަ އެބަހުރިތޯ ބަލައެއް ނުލާނަންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
މުއުމިނުންގެ ކިބައިން ފެންނަންޖެހޭ މިސިފަތަކުން ތިބާގެ ކިބައިގަ ކިތައް ސިފަ އެބަހުރިތޯ ބަލައެއް ނުލާނަންތަ؟

ވަކިނަސްލަކުން އުފަންވުމުން އެނަސްލެއްގެ މީހަކަށްވެވެއެވެ. ވަކި ޤައުމެއްގެ މައިންބަފައިންނަށް ލިބޭ ދަރިން އެ ޤައުމަކަށް ނިޞްބަތްވެއެވެ. ނަމަވެސް މުސްލިމްކަން ތަފާތެވެ. 

ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ރުއްސެވުމާއި ލޯބި ލިބިގެންވާ މުއުމިނަކަށް ވެވޭނީ ރިވެތި ސިފަތަކުން ތިބާގެ ނަފުސު ޒީނަތްތެރިކޮށްގެންނެވެ. އެސިފަތަކުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަވައިދެއްވީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އަދި އެސިފަތަކަކީ ކޮބައިކަން އަހަރެމެންނަށް  އަންގައިދެނީ ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތަކެވެ. 

މުއުމިނަކަށްވުމަށްޓަކައި އަށަގަންނަންވީ ބައެއް ސިފަތައް:

·  ތެދުވެރިކަން:

"އޭ އީމާންވެއްޖެ މިސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި އެކަލާނގެއަށް ތަޤުވާވެރިވާށެވެ. އަދި ސީދާ ޙައްޤު ތެދުބަސް ބުނާށެވެ."  (33:70)

· އިޚްލާޞްތެރިކަން: 

ތިބާ ކުރާ ކޮންމެ ކަމެއްގައިވެސް އިޚްލާޞްތެރިކަމުގެ މާތް ސިފައަށް ޢަމަލުކުރާށެވެ. ނަމާދުކުރުމުގައްޔާއި އަދި އާއްމު ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސްމެއެވެ. 

· ހިތްތިރިކަން:

"އަދި ރަޙްމާނުވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއިއެކު ބިމުގައި ހިނގާއުޅޭ މީހުންނެވެ. އަދި އެއުރެންނާއި ޖާހިލުން މުޚާޠަބުކޮށް ވާހަކަދައްކައިފިނަމަ އެއުރެން ސަލާމުއޭ ބުނެތެވެ." (25:63) 

· ކެތްތެރިކަން: 

"އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމިހުން އިމްތިހާނުކުރައްވާހުށީމެވެ. ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކޮށެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި، ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!" (2:155)

· މައާފުކުރުމާއި އިޙްސާންތެރިވުން: 

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި ދަތި ޙާލުގައި މުދާ ހޭދަކޮށް އުޅޭ މީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މައާފުކުރާމީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (3:134) 

·  ސާފުތާހިރުކަން

·  ހިތްހެޔޮކަން

·  ކޮންމެ ކަމެއްގައިވެސް މެދުމިން ޚިޔާރުކުން

"އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާމީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއްނުވެއެވެ." (7:31) 

މިސިފަތަކަކީ، ތަޤުވާވަރިކަން ފަދަ މާތް ސިފަތަކާއިއެކު، މުއުމިނަކަށްވުމަށްޓަކައި ތިބާގެ ގައިގައި އަށަގަތުން މުހިއްމު ސިފަތަކެކެވެ. ﷲ ޞުބުޙާނަހޫ  ވަޠަޢާލާގެ ލޯތްބާއި ރުއްސެވުން ލިބޭނީ އޭރުންނެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބެންއޮތީ މިމަގުންނެވެ.  

https://www.theblackamericanmuslim.com/qualities-of-a-muslim

 

މިއަދު އޮންލައިން