ހަނދުމަކޮށްދިނުމެއް!: ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އެދޭމީހާ ފަރުވާތެރިވާންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހަނދުމަކޮށްދިނުމެއް!: ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އެދޭމީހާ ފަރުވާތެރިވާންވީ ބައެއް ކަންކަން-

އެއްވެސް ޝައްކެއް ނެތެވެ. ކުރާ ނަމާދު ނަމާދަށްވާނީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރުގައި ނަމާދުކޮށްގެންނެވެ. ވީމާ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.  

ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ސުވާލުތައްވެސް ކުރެއެވެ. އެހެންވެ އެކަމަށް ކުރެވިދާނެ ކަންކަން އަބަދުވެސް މިގެންދަނީ ކިޔައިދެމުންނެވެ. އިން ޝާ ﷲ އެގޮތުން މިރޭވެސް މިބުނަނީ ކުރެވިދާނެ ކަމެއްގެ ވާހަކައެވެ.  

ވަޤުތު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން މިސްކިތަށް އަރާށެވެ! މަސްޖިދު ސުންނަތްކޮށްލާށެވެ. ވަޤުތު އޮތްނަމަ އަދިވެސް ނަމާދެއްކޮށްލާށެވެ. ނުވަތަ ޤުރްއާންކިޔަވައިލާށެވެ.  

ބަންގިދޭއިރު މާނައަށް ވިސްނައިގެން ޢިޖާބަދޭށެވެ. ބަންގިނިމުމުން ދުޢާކިޔާށެވެ! އެއަށްފަހު ވީހާ ބޮޑަށް ސަމާލުކަންދީގެން ސުންނަތް ކުރާށެވެ. އެއިރުން ފަރުޟު ނަމާދަށް ފަށަންވާއިރަށް މީހާގެ ސިކުނޑި ހުންނާނީ ނަމާދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.  

އިން ޝާ ﷲ އެއިރުން ޚުޝޫޢަތްތެރިކަން އިތުރުވެގެންދާނެއެވެ. ޚުޝޫޢަތްތެރިވާން މަސައްކަތްކުރަނިކޮށްވެސް ޝައިޠޯނާގެ އުނދަގޫތައް ބޮޑުކުރާނަމަ އަވަހަށް އަޢޫޛްކިޔައި ވައަތް ފަރާތަށް 3 ފަހަރު ހިކިކުޅުޖަހާށެވެ.  

މިމަގުން ނަމާދުކުރަން ފަށައިބަލާށެވެ! ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން