އިސްލާމްދީނާއިމެދު އެނގެންޖެހޭ އަދި ފަތުރަން މަސައްކަތްކުރަންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިސްލާމްދީނާއިމެދު އެނގެންޖެހޭ އަދި ފަތުރަން މަސައްކަތްކުރަންވީ ކަންކަން-

ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ އުފަންވެ ބޮޑުވަމުން އަންނައިރު ﷲ ތަޢާލާ އާއި ބެހޭ ގޮތުންނާއި އެންމެ ފުރިހަމަ ދީނަކީ އިސްލާމް ދީންކަން އެނގެނީ މަދު ކުއްޖަކަށެވެ. އެހެނީ އެކުދިންގެ މައިންބަފައިންނަކީ މުސްލިމުންނެއް ނޫނެވެ. އެހެން ދީންތަކުގެ މީހުންނެވެ. އަދި އެއިގެ ތެރޭގައި ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މައިންބަފައިންވެސް ހިމެނެއެވެ.  

ދުނިޔޭގައި މުސްލިމުންގެ އާބާދީ އިތުރުވަމުން މިއަންނަނީ އެކުދިން ބޮޑުވެ ވިސްނައި ފިކުރުމުން ﷲ ތަޢާލާގެ މަތިވެރިކަމާއި، ދީލަތިވަންތަކަމާއި ކީރިތި ޤުރްއާނުގެ ފުރިހަމަކަން އެނގުމުން އެކުދިން އަމިއްލައަށް އިސްލާމްވާތީއެވެ. 

ވީމާ މީސްތަކުންނަށް އަންގައިދޭންވީ މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. ފަތުރަން މަސައްކަތްކުރަންވީ މިބުނާ ކަންކަމެވެ.  

1 އަހުރެންގެ ނިތްކުރި ބިންމަތީގައި ޖައްސަނީ އަހުރެން އުފެއްދެވި ﷲ ތަޢާލާއަށްޓަކައި ކަމެވެ.  

2 އެއްވެސް ބޭނުމެއް ނުފުދިގެން އެއްވެސް މީހަކަށް ސަޖިދަޖެހުމެއް ނެތް ކަމެވެ.   

3 މި ބުނަނީ އަހުރެންގެ ހުރިހާ ފާފަތަކަށް ﷲ ތަޢާލާ ޢަފޫކުރައްވަވާނެކަން ޔަޤީންކަމަށެވެ.

4 ޔަޤީންކަންދޭންވީ ކިތަންމެ ގިނަ ފާފަފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އަހުރެންގެ ފާފަތަކަށް ވަޤުތުން ޢަފޫކޮށްދެއްވަވާނެ ކަމެވެ.   

5 ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވާ މީހަކު ނަމަވެސް ތައުބާވެ، ފާފަކުރުމުން ދުރުހެލިވެ، ހެޔޮ ޢަމަލުކުރުންމަތީގައި ދެމިހުރެއްޖެނަމަ ސުވަރުގެ ވައްދަވާނެ ކަމެވެ.  

6 އިސްލާމް ދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އަނެކުންނަށް ރަޙުމްކުރުމާއި މާފުކުރުން ހިމެނޭކަމެވެ.   

މިހުރިހާ ކަންކަމަކީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމުން މީސްތަކުންނަށް ލައްވަވާނެ ރަޙްމަތެވެ. އެއިން އެއްވެސް ކަމަކަށް ޝައްކުކުރުމެއްވެސް ނެތެވެ. މުސްލިމުންގެ އީމާންކަން ތާޒާކުރަންވެސް ވިސްނަންވީ މިފަދަ ކަންކަމަށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން