ތިބާ ބާކީކޮށްލައިފި ބައިވެރިއަކާއިމެދު މިގޮތަށް ޢަމަލުކޮށްފިނަމަ ދެރަވުމުގެ ބަދަލުގަ ލިބޭނީ ހިތްހަމަޖެހުން! މާއުފާވެރި ދިރިއުޅުމެއްވެސް ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތިބާ ބާކީކޮށްލައިފި ބައިވެރިއަކާއިމެދު މިގޮތަށް ޢަމަލުކޮށްފިނަމަ ދެރަވުމުގެ ބަދަލުގަ ލިބޭނީ ހިތްހަމަޖެހުން! މާއުފާވެރި ދިރިއުޅުމެއްވެސް ލިބޭނެ! އިން ޝާ ﷲ

ތިބާގެ ކުށެއް ނެތި ތިބާ ބާކީކޮށްލައިފިނަމަ އެމީހެއްގެ ނުބައިކަމުގެ ވާހަކަތައް ދައްކަން ހިނގުމަކުން ކުރާނެ ފައިދާއެއް ނެތެވެ. އެއީ ނަގައިލެވޭ ވަޤުތުތަކެކެވެ. އެއިގެ ބަދަލުގައި އޭނާއާއި ނުލައިވެސް ތިބާއަށް އުފަލުގައި ދިރިއުޅެވިދާނެކަން ދައްކާށެވެ. 

ގިނަ ފަހަރަށް އެފަދަ ގޮތް މެދުވެރިވަނީ ތިބާއަށް އަންގާނުލައި އަނެކާ އެހެން މީހަކު ހޯދާތީއެވެ. އެއީ އެންމެ ނުބައި މީހުންގެ ސިފައެކެވެ. ވީމާ އެފަދަ ނުބައި މީހެއްގެ ކިބައިން ސަލާމަތްވެވުނީތީ އޮތީ އުފާކުރުމެވެ. 

އެފަދަ މީހުންނަށް އެންމެ ބޮޑަށް އަސަރުކުރާނީ އޭނާ ދިން ދެރައިން ތިބާ މާޔޫސްނުވިކަން ތިބާގެ ޢަމަލުތަކުން ދައްކައިދިނުމުންނެވެ. އެމީހުންގެ ވާހަކަ ދައްކަމުން ނުހިނގަން މިބުނަނީ އެހެންވެގެންނެވެ. އެމީހުންގެ ވާހަކަ ދައްކާމުން ހިނގާނަމަ ކުރެވުނު ކަންތަކަށް ވާނީ ފަޚުރުވެރިއެވެ. ތިބާ ދެރަކޮސްލެވުނީތީއެވެ. 

އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކުރާށެވެ. ދެން ތިމާއަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ ކަމަށް ވިސްނުމުގެ ބަދަލުގައި މާއުފާވެރި ދިރިއުޅުމެއް ހޯދަން ޢަޒުމުކަނޑައަޅައި އެކަމަށް މަސައްކަތްކުރާ މީހުންނަށް މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ 

އަނިޔާދިން މީހާގެ މަތިން ހަނދާންވެ އަސަރުކުރާނަމަ އެމީހާ ތިބާއަސް ކުރި ނުބައި ކަންކަމާއި ދިން ގެއްލުމުގެ މަތިން ހަނދާންކުރާށެވެ. އެއިރުން އޭނާގެ ކިބައިން މެދުވެރިވި ކަންކަން ވިސްނި އިތުރަށް ވިސްނަން ބޭނުންވުން ކުޑަވާނެއެވެ. އިން ޝާ ﷲ 

އަދި ކީއްހެއްޔެވެ؟ އެއިރުން އޭނާ އާއި ވަކިވާންޖެހުނީތީ ހިތާމަކުރެވުމުގެ ބަދަލުގައި ޙަޔާތުގެ އަގުހުރި ދުވަސްތަކެއް އެފަަދ ނުބައި މީހަކާއިއެކު ހޭދަކުރެވުނީތީ ލިބުނު ދެރަ ވިސްނި އޭނާގެ ކިބައިން ސަލާމަތްވެވުނުކަން އެއީ ލިބުނު ބޮޑު ކާމިޔާބީއެއްކަމުގައި ވިސްނި ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން 

މިއަދު އޮންލައިން