ފާފަކުރެވުނަސް ތަޤްވާވެރިކަމުގެ ދަރަޖަ ވައްޓާނުލައި ހުރެވޭނެ ގޮތް-: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފާފަކުރެވުނަސް ތަޤްވާވެރިކަމުގެ ދަރަޖަ ވައްޓާނުލައި ހުރެވޭނެ ގޮތް-: ޑރ. ޔާސިރު ޤާޟީ

ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވުން އިތުރުކުރަމުން ގޮސް ތަްްވާވެރިއެއް ކަމުގެ ދަރަޖަ ލިބިފައިވާ މީހުންނަށްވެސް ފާފައެއް ކުރެވިދާނެއެވެ. އެއީ އޭނާއަކީވެސް އިންސާނަކަށްވީތީއެވެ. އެޙާލަތުގައިވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ ވައްޓާނުލައި ހުރެވިދާނެއެވެ. 

އެކަމަށް ކުރަން ޖެހޭނެ ކަމަކީ ފާފަކުރެވުމާއިއެކު އެކަމަށް ހިތާމަކޮށް ތައުބާވުމެވެ. އިތުރަށް ފާފައެއް ނުކުރަން މަސައްކަތްކޮށް އެގޮތުގައި ދެމިހުންނަން ހިތްވަރުކުރުމެވެ. އެއިރުން އެމީހެއްގެ ދަރަޖަ ﷲ ތަޢާލާ އިތުރަށް މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ  

ދުނިޔެ ދެކެމުން މިއަންނަނީ ފަހުޒަމާނުގެ ދުވަސްތަކެވެ. ފާފަކުރަން އެންމެ ފަސޭހަ ދުވަސްތަކެވެ. ވީމާ ހަމަ ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވުމަކީ ދާދި ގާތުގައި އޮތް ކަމެކެވެ. ކިތަންމެ ބޮޑު ތަްްވާވެރިއަކަށް ނަމަވެސްމެއެވެ. މަދުން ނަމަވެސް ކުރީގެ ޒަމާންތަކުގައިވެސް އެކަން އެގޮތަށް މެދުވެރިވެފައި އެބަހުއްޓެވެ.  

އަހުރެން ބުނަން ބޭނުންވަނީ ތަޤްވާވެރިކަމުގައި ތިބާގެ ދަރަޖަ ދަށްވެގެން ދިއަނުދޭށެވެ. ފާފަ ނުކުރަން މަސައްކަތްކުރާށެވެ. ފާފައެއް ކުރެވުނަސް ވަޤުތުން ތައުބާވެ ޢަފޫކުރެއްވެވުން އެދި އާދޭސްދަންނަވާށެވެ! ކުރިއަށްވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ

 

 

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން 

މިއަދު އޮންލައިން