"ދުވަހަކު ދަރަނިން ސަލާމަތް ނުވިޔަސް، ވިޔަފާރި ބަނގުރޫޓުވިޔަސް ހުއްދަ ނޫން ވިޔަފާރިއެއް ކުރާނަމަ ﷲ ގެ ޙަޟްރަތުގައި ބަނގުރޫޓުވެ ލިބޭ ގެއްލުން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
"ދުވަހަކު ދަރަނިން ސަލާމަތް ނުވިޔަސް، ވިޔަފާރި ބަނގުރޫޓުވިޔަސް ހުއްދަ ނޫން ވިޔަފާރިއެއް ކުރާނަމަ ﷲ ގެ ޙަޟްރަތުގައި ބަނގުރޫޓުވެ ލިބޭ ގެއްލުން މާބޮޑުވާނެ!

ބައެއް މީހުން ދަރަނިން ސަލާމަތްވުމަށް ނުވަތަ ވިޔަފާރިން ލިބޭ ގެއްލުން ފޫބެއްދުމަށް ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާ ވިޔަފާރިއެބަކުރެއެވެ. އެކުރަނީ ޙަރާމް ވިޔަފާރިއެއް ނޫންތޯއެވެ؟ ފައިސާ އެހޯދެނީ ޙަރާމްކަމެއް ކޮށްގެން ނޫންތޯއެވެ؟ 

މިފަދަ ކަންކަން ޢާންމުވަމުންގޮސް ތިމާގެ ޙަލާލް އަނބިމީހާ ހިލޭ ފިރިހެނުންނާއިއެކު ކޮފީތަކަށް ފޮނުވައިގެންނާއި ޒިނޭކުރުވައިގެން ފައިސާ ހޯދާމީހުންވެސް އަންނަނީ އިތުރުވަމުންނެވެ.   

އަޅުގަނޑުގެ ސުވާލަކީ އެފަދަ ޢުޒުރެއް އޮތް ނަމަ ހުއްދަ ނޫން ވިޔަފާރިއެއް ކުރަން ހުއްދަވާނެތޯއެވެ؟

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާފަދަ މައްސަލައަކާއި ގުޅިގެން ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ދުވަހަކު ދަރަނިން ސަލާމަތް ނުވިޔަސް، މީހާ ބަނގުރޫޓުވިޔަސް ހުއްދަ ނޫން ވިޔަފާރިއެއް ނުކުރާށެވެ! އެއިރުން ﷲ ތަޢާލާގެ ޙަޟްރަތުގައި ވާނެ ބަނގުރޫޓުވުމުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ."

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

މިހާރަކަށް އައިސް ފެންނަމުން މިދަނީ އިސްލާމް ދީނުގައި ކުރުން ހުއްދަ ވެގެން ނުވާ ކޮންމެ ކަމެއް ކުރަން ބޭނުންވުމުން ޙުއްޖަތަކަށް "ޒުރޫރީ ޙާލަތު" ނުވަތަ "ޙާލަތު ޒުރޫރީ" ހަދަމުން ގެންދާ ތަނެވެ.

މިސާލަކަށް ރިބާ ހިމެނޭ ލޯނެއް ނަގަން ބޭނުންވި ނަމަވެސް ބުނަނީ "ޒުރޫރީ ޙާލަތު" މެދުވެރިވީކަމަށެވެ.

އެއްވެސް ބާވަތެއްގެ ސިހުރެއް ހެދުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. މީހަކު ތިމާއަށް ހަދާފައިވާ ސިހުރެއް ބާޠިލުކުރަން ނަމަވެސްމެއެވެ. ނަމަވެސް ތިމާ ސިހުރެއް ހަދަން ނުވަތަ ހައްދުވަން ބޭނުންވެއްޖެ ނަމަ ބުނަނީ "ޒުރޫރީ ޙާލަތު" ކަމަށެވެ.

މިފަދަ ހުރިހާ ކަމެއްވެސް ގުޅުވަނީ ހަމަ ޒުރޫރީ ޙާލަތާއިއެވެ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކަށް މިވަނީ ވެފައެވެ. ޒުރޫރީ ޙާލަތަކީ އިސްލާމް ދީނުގެ ކަންކަމަށް، ޙަރާމް ޙަލާލަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރަކަށް ހެދުމަކީ ބުއްދިއަށް ޤަބޫލުކުރެވޭނެ ގޮތެއް ނޫނެވެ. އަދި ދީން ހުއްދަކުރާނެ ގޮތެއްވެސް ނޫނެވެ.

މިއަދު އޮންލައިން