ލޮބުވެތި ކަނބަލުންނަށް ގޭގައި ކުރަންޖެހޭ މަސައްކަތްބުރަވެ ތަކްލީފަކަށްވާނަމަ ލުއިކޮށްލަން ނިކަން މި 2 ކަންތައްކޮށްލައި ތަޖުރިބާކޮށްލަންވީނު! ޘަވާބުވެސް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ލޮބުވެތި ކަނބަލުންނަށް ގޭގައި ކުރަންޖެހޭ މަސައްކަތްބުރަވެ ތަކްލީފަކަށްވާނަމަ ލުއިކޮށްލަން ނިކަން މި 2 ކަންތައްކޮށްލައި ތަޖުރިބާކޮށްލަންވީނު! ޘަވާބުވެސް ދެއްވަވާނެ! އިން ޝާ ﷲ

ގޭގައި ކުރަންޖެހޭ މަސައްކަތްތައް ބުރަވެ ތަކްލީފަކަށްވާ ގިނަ ބައަކު އުޅެއެވެ. ޚާއްޞަކޮށް ދަރިން ލިބުމުންނެވެ. ދަރިން ގިނަވާވަރަކަށް އުފުލަންޖެހޭ ބުރަ އިތުރުވެއެވެ. އެހެންވެ މިގެނެސްދެނީ ތިއަ ލޮބުވެތިކަނބަލުން ސަލާލުކަންދޭން އޮތް 2 ކަމެކެވެ. އިން ޝާ ﷲ ހިތްވަރުލިބި އަދި ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެތެވެ. ޘަވާބުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

މިހާރަކަށް އައިސް ގިނަ ކަނބަލުންގެ ޝަކުވާއަކަށް ވެފައި އޮންނަނީ ގޭތެރޭގެ މަސައްކަތް ބުރަވެގެންދާ ކަމުގެ ޝަކުވާއެވެ. ގޭތެރޭގެ މަސައްކަތްތައް ނުކުރެވި މަސައްކަތްތައް ފުނި ޖެހިގެން ގޮސް ނޭފަތުން ނޭވާލާން ވަގުތުވެސް ނުވާ ކަމުގެ ޝަކުވާއެވެ. އަދި އެހާ ބުރަކޮށް އުޅެން ޖެހޭތީ މުސްކުޅި މައިން ބަފައިންނަށް ހިދުމަތް ކޮއްދެންވީމަ ވެސް އެކަމުގައި ހުރި ބުރަދަނުގެ ޝަކުވާއެވެ. 

ނިކަން ވިސްނާލައި ބަލާށެވެ. އަޅުގަންޑުމެންގެ ޒަމާނަށް އަންނަމުން މިދާ ބަދަލާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ގޮސް މަސައްކަތްތައް ކިހާ ލުއި ފަސޭހަ ހެއްޔެވެ. އެންމެ ކުޑަ ކަމަކަށް ބާޒާރު ކޮއްލަންވެސް ބޭރަށް ދާން ނުޖެހޭހާ ދިރިއުޅުން ފަސޭހައެވެ. ގޭގަ ސޯފާމަތީ އަރާމުގައި އިނދެ ވިޔަފާރި ކޮއްލެވެ އެވެ. 

ގޭތެރޭގެ މަސައްކަތް ލުއިވެގެން ދާނެ އެތައް ކަރަންޓު ސާމާނެއް ގޭގައި ހުރެއެވެ. ފިނި ކުރަން ވީމައި ކާބަފައން ފަތްޖެހި އެނދު ހިފައިގެން ފަންނަށް ގޮސް އުޅުނު ޒަމާން ވެސް ހިނގައްޖެއެވެ. މިޒަމާނު ގޭތެރޭ ތިބޭނީ އެއާރ ކޮންޑިޝަނާރ ގެ ފިނި ކަމުގައެވެ. ކިތަންމެ ހޫނު ވިޔަސް ނޭނގޭނެއެވެ. 

ލޮބުވެތި އުހުތާއެވެ. މިހުރިހާ ފަސޭހަތަޖާއެކު ވެސް ތިބާއަށް ތިބާގެ ދުނިޔަވީ މައްސޫލިއްޔަތުތައް ތިޔަވަނީ ބޮޑު ބުރައަކަށް ވެފައެވެ. ތިޔަ އުޅެނީ އަވަދިނެތިއެވެ. ބުރަވެގެން ގޮސް އަމިއްލަ ނަފުސު ދެކެ ރުޅި އާދެވި ދަރިން ދެކެ ރުޅި އާދެވި މައިން ބަފައިންނާ ދިމާލަށް ވެސް ބަސް ބަސް ބުނެވޭތަން އާދެ އެވެ. 

މިހުރިހާ ކަމަކަށް އޮތް ހައްލު ބުނަން ހެއްޔެވެ. ނިކަން ފަތިސް ނަމާދު ކޮއްލައިގެން ތިބާގެ ދުނިޔަވީ މަސްއޫލިޔަތުތކާއިގެން އަވަސްވެ ގަންނާށެވެ. އެހާރުން ތިބާގެ ތިޔަ މަސައްކަތްތައް ފުނި ޖެހިފައި ނުހުންނާނެއެވެ. އަދި މަސައްކަތްކޮށް އެހީވެދީ ހަދާ އުމުރުގެ ދަރިން ތިބި ނަމަވެސް އެދަރިން ނިދަން ނުބާއްވައި ފަތިހު ނަގައިގެން އެކުދިންނަށް ކުރެވޭ ވަރުގެ ކަންކަން އެކުދިންނާއި ވެސް ޖައްސާށެވެ. އެކުދިންވެސް އެގޮތަށް ފަރިތަ ކުރުވަންވާނެއެވެ. 

މިގޮތުގައި ދުވަސްކޮޅަކު ހިފަހައްޓާފައި މިކަމުގެ ހުރި ލުއި ފަސޭހަ ތަޖުރިބާ ކޮށްލާށެވެ.

މާތް  ﷲ އެއްވެސް އަޅަކަށް އެ އަޅަކަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެކަން ގަބޫލްކޮށް ދިރިއުޅުމުގެ ކަންކަން ހިނިތުން ވުމާއެކު ކުރިއަށް ގެންދާށެވެ.

- މިއަދުނޫހުގެ ކިޔުންތެރިއެއް

ކިޔުންތެރިޔާގެ ނަޞޭޙަތް ކިތަންމެހައިވެސް ފުރިހަމައެވެ. އެހެންކަމާއިއެކުވެސް އެއްކަމެއް އިތުރުކޮށްލާނަމެވެ. އެއިރުން އިތުރަށް ފުރިހަމަވެގެންދާނެއެވެ. އިން ޝާ ﷲ

އެއީ މިޙަދީޘްފުޅުގައިވާ ފަދައިން ޛިކުރުކޮށްލައިގެން ނިދުމެވެ. ސުބްޙާނަﷲ 33 ފަހަރު، އަލްޙަމްދުލިﷲ 33 ފަހަރު، ﷲ އަކްބަރު 34 ފަހަރު ކިޔައިގެން ނިދުމެވެ. 

Narrated `Ali bin Abi Talib: 

Fatima came to the Prophet () asking for a servant. He said, "May I inform you of something better than that? When you go to bed, recite "Subhan Allah' thirty three times, 'Al hamduli l-lah' thirty three times, and 'Allahu Akbar' thirty four times. `Ali added, 'I have never failed to recite it ever since." Somebody asked, "Even on the night of the battle of Siffin?" He said, "Even on the night of the battle of Siffin."

Reference

 : Sahih al-Bukhari 5362

 

 

ދެމަފިރިންވެސް މިފަދައިން ޛިކުރުކުރާށެވެ. ޢަލީގެފާނުގެ ބަސްފުޅަކުން އެނގޭ ގޮތުގައި އެންމެ ރެއެއްް ދޫކޮށް ނުލައްވަވައި ޢަލީގެފާނު މިފަދައިން ކޮންމެ ރެއަކު ޛިކުރު ކުރެއްވެވިއެވެ. ކުރެއްވެވި ހަނގުރާމަތަކުގެތެރޭގައިވެސްމެއެވެ. 

މިއަދު އޮންލައިން