އިން ޝާ ﷲ މިމަގުން ޢަމަލުކުރާ މީހާދެކެ ލޯބިން ޢުމުރަށް ގެންގުޅޭނެ ބައިވެރިއަކު އެމީހާގެ ގާތަށް ﷲ ތަޢާލާ ފޮނުއްވަވާނެ! ހޯދަން ދުވާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އިން ޝާ ﷲ މިމަގުން ޢަމަލުކުރާ މީހާދެކެ ލޯބިން ޢުމުރަށް ގެންގުޅޭނެ ބައިވެރިއަކު އެމީހާގެ ގާތަށް ﷲ ތަޢާލާ ފޮނުއްވަވާނެ! ހޯދަން ދުވާކަށް ނުޖެހޭނެ!

ކައިވެނިކުރަން ބޭނުންވެގެން ހުންނައިރުވެސް ރަނގަޅު މީހަކާއި ބައްދަލުނުވެ ލަސްވާތީ ކަންބޮޑުވެ ވަރަށް ގިނަ މީހުން  

އަހުރެމެންނަށް ކަމެއް ކުރެވުނަސް ނުކުރެވުނަސް ދުވަސްތައް ފާއިތުވަމުންދާނެއެވެ. މަސްތަކާއި އަހަރުތައްވެސްމެއެވެ. ކޮންމެ މަހެއްވެސް އަހަރެއްވެސް ނިމިގެންދާއިރު ޙާޞިލު ކުރެވުނު ކަންތައްތަކަކާއި ނުކުރެވިހުރި ކަންތައް ތަކެއް ހުންނާނެއެވެ.  

އެއިގެ ތެރޭގައި ތިމާ އެދޭފަދަ ރަނގަޅު ބައިވެރިއަކު ނުލިބުމުން ކައިވެނި ނުކުރެވި ހުންނަން ޖެހުންވެސް ހިމެނެއެވެ. ކަންބޮޑުނުވާށެވެ. ތެޅިފޮޅި ނުގަނެ ކެތްތެރިވެލާށެވެ. ތިބާއަށްޓަކައި ﷲ ތަޢާލާ ދެއްވަވަންހުރި ރަނގަޅު، ތިބާ އެދޭފަދަ މީހާއާއި އަދި ބައްދަލުނުވަނީއެވެ. އެމީހާ އަދި ނުފެންނަނީއެވެ. 

އެމީހާ ހޯދަން މަގުމައްޗަށް ނުކުމެ ޢަބުރު ނަގައިނުލާށެވެ! ކޮފީތަކަށްގޮސް ގިނަވެ އަގުވައްޓައިނުލާށެވެ! ފިރިހެނުން މިސްކިތުގައި ހޭދަކުރާ ވަޤުތު ގިނަކޮށްލާށެވެ. އަނހެނުން ގޭގައި މުސައްލަމަތީގައި ހޭދަކުރާ ވަޤުތު އިތުރުކުރާށެވެ. ރޭގަނޑުގެ ފަހުބައިގައި ﷲ ތަޢާލާ އާއި ކުއްތަންވެ ހެޔޮ ޢަމަލުތައްކޮށް ދުޢާކުރުން ގިނަކޮށްލާށެވެ.  

ޔަޤީންކުރާށެވެ! ތިމާ އެދޭ ފަދަ ބައިވެރިއަކު އެމީހަކު ހުރިތަނަކަށް ﷲ ތަޢާލާ ފޮނުއްވަވައި ދެއްވަވާނެތެވެ. އޭނާ ވާނީ ތިބާއަށް އުފާވެރިކަން ހޯދައިދޭނެ އަދި ތިބާ ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރާނެ ބައިވެރިއަކަށެވެ. އިން ޝާ ﷲ  

މިބުނި މަގުން ޢަމަލުނުކޮށް މުޖުތަމަޢުތެރެއަށް ގިނަވެގަތުމުން ބައްދަލުވާނީ ތިބާއަށް ބޭނުންވެގެން ތިއަ އުޅޭފަދަ މީހަކާއެއް ނޫނެވެ. މުޖުތަމަޢުއަށް ގިނަވެގެން އުޅޭ މީހަކާއެވެ. އެމީހާގެ ކިބައިން ތިބާ ބޭނުންވާ ރޫޙާނީ ކުރިއެރުމެއް ނުލިބޭނެއެވެ. ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. އަދި އުފާވެރިކަމެއްވެސް ނުލިބޭނެއެވެ.  

ވަރަށް ބޮޑަށް ލޯބިވާކަމަށް ބުނެފާނެއެވެ. މައްސަލައަކަށްވާނީ އެބުނާ ލޯބިވުމުގައި މިން އަޅަން ނުއެނގުމެވެ. ވަޤުތީ ކަމަކަށްވުމެވެ. މިބަޔާންކުރި މަގުން ޢަމަލުކޮށް ﷲ ތަޢާލާ ދެއްވަވާނެ ބައިވެރިއަކަށް އުންމީދުކޮށްގެން ހުންނަ މީހާ މާޔޫސް ނުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން