ޝިފާއަށް އެދިދުޢާކުރާއިރު މިމަގުން ދުޢާކުރީމާ ލައްވަވާ ރަޙްމަތް ބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޝިފާއަށް އެދިދުޢާކުރާއިރު މިމަގުން ދުޢާކުރީމާ ލައްވަވާ ރަޙްމަތް ބޮޑުވާނެ! އިން ޝާ ﷲ

ފުރަތަމަ ކަމަކީ ބައްޔެއްގައި އުޅެން ނުޖެހުނަސް ފުރިހަމަ ޞިއްޙަތެއް ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދަންވާނެއެވެ. އެދުޢާގައިވެސް އެންމެހައި މީސްތަކުންނަށް ދުޅަހެޔޮ ޞިއްހަތެއް ދެއްވެވުން އެދިގެން ދުޢާކުރާށެވެ.  

ތިބާގެ އަވަށްޓެރިއަކު ނުވަތަ ތިބާ ދަންނަ މީހަކު ދަތިޙާލުގައި އުޅޭނަމަ އޭނާއަށްޓަކައި ގިނަގިނައިން ހެޔޮދުޢާކުރާށެވެ. އަދި ވީވަރަކުން ހުރިހާ މުސްލިމުންނަށް ހެޔޮ ގޮތް މިންވަރު ކުރެއްވެވުން އެދި ދުޢާކުރާށެވެ! އަދި ބަލި ޙާލުގައި ތިބި އެންމެންނަށް އަވަސް ޝިފާއަކަށް އެދިގެންވެސް ދުޢާކުރާށެވެ!  

އަދިވެސް ބުނެލާނަމެވެ. ތިބާއަށް ބަލިމަޑުކަމެއް ޖެހުނީއެވެ. ޝިފާއަށް އެދި ދުޢާކުރާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި ބަލިޙާލުގައި ތިބި އެންމެންނަށްވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރާށެވެ!  

އެއިރުން މަލާއިކަތުން ތިބާއަށްޓަކައި ދުޢާކުރައްވަވާނެތެވެ. މިބުނަނީ މަލާއިކަތުން ތިބާގެ ބަލި ފަސާހަކުރައްވަވައި ދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވާނެތެވެ. 

ދެން ނިކަން ބުނެބަލާށެވެ! ފައިދާ ބޮޑުވާނީ ތިބާއަށްޓަކައި ތިބާކުރާ ދުޢާގެ ހެއްޔެވެ؟ ނޫނީ މަލާއިކަތުން ތިބާއަށްޓަކައި ކުރައްވަވާ ދުޢާގެ ހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީވެސް މަތިވެރި އަޅުކަމެކެވެ. ވީމާ ތިބާ އެހެން މީހުންނަށްވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރުމުން ފުރަތަމަ ކަމަކަށް ތިބާއަށްޓަކައި މަލާއިކަތުން އެބަ ދުޢާކޮށްދެއްވަވަތެވެ. ދެވަނަ ކަމަކަށް ތިބާއަށް ﷲ ތަޢާލާ ޘަވާބު ދެއްވަވަތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން