ސޯޝަލް މީޑިއާގަ ހަށިގަނޑު އިޝްތިހާރުކުރާ މީހަކާ ގުޅެން ނިންމުމުގެ ކުރިން ވިސްނާށެވެ! އެއީ އެމީހުންގެ ހަށިގަނޑުގަ އަގެއް ހުރިކަން ޤަބޫލުކުރާ މީހުން ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސޯޝަލް މީޑިއާގަ ހަށިގަނޑު އިޝްތިހާރުކުރާ މީހަކާ ގުޅެން ނިންމުމުގެ ކުރިން ވިސްނާށެވެ! އެއީ އެމީހުންގެ ހަށިގަނޑުގަ އަގެއް ހުރިކަން ޤަބޫލުކުރާ މީހުން ކުރާނެ ކަމެއް ނޫން!

ހަށިގަނޑު ސޯޝަލްމީޑިއާގަ އަންހެނަކު ބައިވެރިއަކަށް އިޚްތިޔާރުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކަށް ފުރަތަމަވެސް ބުނަން އޮތީ ރަނގަޅު ގޮތުގައި ބައިވެރިއަކު ހޯދައިގެން ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންވާ މީހަކު އެކަމެއް ނުކުރާނެއެވެ. އަދި އެކަންކުރާނީ ތިމާގެ ހަށިގަނޑުގައި އެއްވެސް އަގެއް ނެތްކަމަށް ޤަބޫލުކުރާ މީހުންނެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

މިހާރަކަށް އައިސް ދިމާވާ ވަރަށް ބޮޑު މައްސަލައެއް ފާހަގަކޮށްލާނަމެވެ. އެއީ ސޯޝަލް މީޑިއާގައި އެމީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ހާމަކުރާ އަންހެނުންގެ ވާހަކައެވެ. އެކުދިން އެމީހުންގެ ހަށިގަނޑު ހާމަކުރަންފެށުމުން އެތައް ބައިވަރު ފިރިހެނުން އެކުދިންނާއި ގުޅެން ބޭނުންވެއެވެ. ކައިވެނިކުރަންވެސް ބޭނުންވެއެވެ.  

އެކަމަކު ކުރިމަތިވާ 2 މައްސަލައެއް ފާހަގަކޮށްލާނަމެވެ.  

ފުރަތަމަ މައްސަލައަކީ އެގޮތަށް ހަށިގަނޑުހާމަކުރާ ގިނަކުދިން ތިބެނީ ކައިވެންޏަކަށް ބޭނުންވެގެން ނޫންކަމެވެ. ބައެއްކުދިން ހޮބީއަށްވެސް ކުރެއެވެ. އަނެއްބައި ކުދިން އެމީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލްކުރަންވެސް އެކަން ކުރެއެވެ.  

ދެވަނަ މައްސަލައަކީ ކައިވެނިކޮށްގެން ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންވާ އެއްވެސް އަންހެނަކު އޭނާގެ ހަށިގަނޑު ދުނިޔެއަށް ހާމަކޮށް ނީލަން ނުކިޔާނެ ކަމެވެ. އެތައް ބައިވެރު ފިރިހެނުންގެ ސަމާލުކަން ހޯދަން މަސައްކަތްނުކުރާނެކަމެވެ.  

އެހެންވީމާ ފިރިހެނުން އެފަދަ އަންހެނުންގެ ފަހަތުން ދުވަންފެށުމުގެ ކުރިން މިދެކަންތަކަށް ވިސްނައިލާށެވެ! ހަމައެއާއިއެކު އިތުރަށް ވިސްނައިލާށެވެ! އެއްވެސް މީހަކަށް ލިބިފައިވާ އަގުހުރި އެއްވެސް އެއްޗެއް ދުނިޔޭގެ އެންމެންނަކަށް ހާމައެއް ނުކުރާނެއެވެ. ގެންގުޅޭނީ ފޮރުވައިގެންނެވެ.  

ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ކާފިރުންނަށް ބެލިނަމަވެސް މިކަން އޮތީ މިހެންނެވެ. އެމީހުންގެ ހަށިގަނޑުގެ އަގު ވަޒަންކުރާ، އެއީ އަގެއްހުރި އެއްޗެއްކަން ޤަބޫލުކުރާ ކާފިރު އަންހެނުންވެސް އެމީހުންގެ ހަށިގަނޑު ޢާންމުކޮށް ހާމައެއް ނުކުރާނެއެވެ.

 

- ނާދިރާ (ނަފްސާނީ ޢިލްމުވެރިއެއް) 

މިއަދު އޮންލައިން