ކުރާ ހެޔޮޢަމަލުތަކުގެ ވާހަކަ ދައްކަން ހެޔޮނުވާނެ! އެއީ އެކަންކަމުން ޘަވާބުލިބުނަ ނުދޭން ޝައިޠޯނާ ކުރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުރާ ހެޔޮޢަމަލުތަކުގެ ވާހަކަ ދައްކަން ހެޔޮނުވާނެ! އެއީ އެކަންކަމުން ޘަވާބުލިބުނަ ނުދޭން ޝައިޠޯނާ ކުރުވާ ކަމެއް!

ފަށަމުންވެސް ބުނެލާނަމެވެ. ހެޔޮ ޢަމަލުކުރަން މީހަކަށް ހިތްވަރުދިނުމަށްޓަކައި ނޫނީ ތިމާއަށް ކުރެވޭ ހެޔޮ ޢަމަލުތަކުގެ ވާހަކަ ނުދައްކާށެވެ. ހިތްވަރުދޭންވެސް ބުނަންވާނީ ވަކިވަރަކަށެވެ. އެކަމަކާއި ގުޅިގެން ބުނަންޖެހޭ ވަރަކަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އަހުރެމެންނަށް ފާފައެއް ކުރެވިއްޖެނަމަ އެކަން ސިއްރުކުރަމުއެވެ. މީސްތަކުންނަށް އެކަން ސިއްރުކުރަން ބޭނުންވާތީއެވެ. މީސްތަކުންނަށް އެނގުމުން ލަދުގަންނާތީއެވެ. އެކަމަކު ކިތަންމެ ކުޑަނަމަވެސް ހެޔޮ ޢަމަލެއް ކުރެވިއްޖެނަމަ ގިރުވާނު ކޮޅަށް ޖަހައި އެކަން މީސްތަކުންނަށް އަންގަމުން އެބަހިނގަމުއެވެ.

"އަހުރެން މިވެނި ކަމެއް ކޮށްފިން، މިވެނިކަމެއް ކުރަން" ކިޔަމުން އެބަހިނަގަމުއެވެ. ނުވިތާކަށް ސޯޝަލް މީޑިއާގައި ހާމަކޮށް މުޅި ދުނިޔެއަށް އެކަން އެބަ އަނގަމުއެވެ.  

މިގޮތަށް މިކަންކަން ކުރެވޭ މީހުން ރަނގަޅަށް ވިސްނާށެވެ! އެއީ ޝައިޠޯނާ ތިބާއަށް ދޭ ވަރަށް ބޮޑު ލަނޑެކެވެ. ތިބާކުރި އަޅުކަން ގެއްލުވައިލަނީއެވެ. އަދި ތިބާއަކީ ބޮޑާ، ދެއްކުންތެރިއަކަށް ހައްދުވަނީއެވެ. ތިބާއަކީ ގެއްލެނިވެގެންވާ އަޅަކު ކަމުގައި ހައްދުވަނީއެވެ. މާނައަކީ އެއީ ތިބާ ކުރި ހެޔޮކަން ގެއްލުވާލައި އެއިގެ ބަދަލުގައި ޢަޛާބު ދެއްވަވާނެ މީހަކަށް ބަދަލުކުރުވަން ޝައިޠޯނާ މަސައްކަތްކުރަނީއެވެ.  

ނަމަނަމަ ޝައިޠޯނާގެ އެނުބައި މަޅީގައި ނުޖެހޭށެވެ. އަދި ކީއްހެއްޔެވެ؟ ހެޔޮޢަމަލުތައް ކުރުން ގިނަކުރާށެވެ! ކުރާ އަޅުކަން ވީހައި ސިއްރިޔާތުގައި ސިއްރިޔާތުގައި ކުރަމުން ގެންދާށެވެ. އެއިރުން ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވައި ތިބާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކަކީވެސް އަޅުކަން ކަމުގައި ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައިފާނެތެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން