ދީނާއިމެދު ވިސްނާ މީހަކަށް އެނގުން މުހިންމު ބައެއް ކަންކަން- ހޫދުސޫރަތުން-

ކިޔުމަށް ހޭދަވާނީ 8މ 46ސ
ދީނާއިމެދު ވިސްނާ މީހަކަށް އެނގުން މުހިންމު ބައެއް ކަންކަން- ހޫދުސޫރަތުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ހޫދު ސޫރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތް ބާވައިލެއްވުނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ ކުރީންނެވެ. މި ސޫރަތުގައި 123 އާޔަތް ވެއެވެ. އެހެންކަމުން މި ލިޔުމުގައި މި ލިޔެލަނީ ހޫދު ސޫރަތުގައި ބަޔާންވެފައިވާ ބައެއް ވާހަކަތަކުގެ މައްޗަށެވެ.

މި ސޫރަތުގައި ބަޔާންވެފައިވާ ބައެއް ވާހަކަތަކުގެ ތެރޭގައި: 

· ﷲ ތަޢާލާގެ ޙަޟްރަތައް ރުޖޫޢަވުމާއި ތައުބާވުން:  

ﷲ ތަޢާލާ ހޫދު ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ﴿٣﴾‏ 

މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން توبة ވާށެވެ! އޭރުން ކަނޑައެޅިގެންވާ أجل ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި عمل އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި عمل އެއްގެ ޖަޒާ (قيامة ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އާމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ. (3)" 

· އުޑުތަކާއި ބިން އުފެއްދެވުމުގައި ﷲ ތަޢާލާގެ ކުޅަދުއްވަންތަކަމާއި އުޑުތަކާއި ބިން އުފެއްދެވުން ފުރިހަމަވި މުއްދަތު:

ﷲ ތަޢާލާ ހޫދު ސޫރަތުގެ 7 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ ﴿٧﴾‏ 

މާނައީ: "އަދި އެކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ عرش (އޭރު) ވަނީ ފެން މަތީގައެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން، އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށެވެ. އަދި މަރުވުމަށްފަހު، ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާނެޔޭ ކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން، كافر ވި މީހުން ބުނާނެތެވެ. މިއީ، ބަޔާންވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ. (7)" 

· ކީރިތި ޤުރުއާނަށް އިންކާރުކުރާ މީހުންގެ ކިބައިން މަތިވެރި ޤުރުއާން ފަދަ އެއްޗެއް ގެނައުމަށް އެދުން:  

ﷲ ތަޢާލާ ހޫދު ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِعَشْرِ سُوَرٍ مِّثْلِهِ مُفْتَرَيَاتٍ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ ﴿١٣﴾‏ 

މާނައީ:"ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި آية ތަކެއް ކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ سورة ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللًّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ! (13)" 

· ކުރީގެ އުއްމަތްތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވޭ:

ﷲ ތަޢާލާ ހޫދު ސޫރަތުގެ 61 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

۞ وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُّجِيبٌ ﴿٦١﴾‏ 

މާނައީ: "އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ صالح ގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ. (61)" 

· އެއްވެސް ބަޔަކަށް ކީރިތި ޤުރްއާނާ އެއްފަދަ އެއްޗެއް ނުގެނެވޭނެކަން:  

ﷲ ތަޢާލާ ހޫދު ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

۞ وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ ﴿٦﴾‏

މާނައީ: " ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ. (6)"

 

 

މިއަދު އޮންލައިން