ނިދުމުގެ ކުރިން އެންމެ މަދުވެގެން މިމިންވަރަށް ޛިކުރުކުރަން ޢާދަކުރާށެވެ! ވީވަރަކުން އިތުވެސްކުރާށެވެ!

ކިޔުމަށް ހޭދަވާނީ 8މ 42ސ
ނިދުމުގެ ކުރިން އެންމެ މަދުވެގެން މިމިންވަރަށް ޛިކުރުކުރަން ޢާދަކުރާށެވެ! ވީވަރަކުން އިތުވެސްކުރާށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ނިދުމުގެ ކުރީން ކިޔަން ޖެހޭ ދުޢާތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް ދުޢާތައް މި ލިޔުމުގައި ހިމަނާލާނަމެވެ. 

·      قُلْ هُوَ اللَّهُ أَحَدٌ ﴿١﴾‏ اللَّهُ الصَّمَدُ ﴿٢﴾‏ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾‏ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. (1) اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (2) އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. (3) އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ. (4)"

·      قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾‏ مِن شَرِّ مَا خَلَقَ ﴿٢﴾‏ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾‏ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾‏ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1) އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. (3) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. (4) އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ. (5)"

·      قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾‏ مَلِكِ النَّاسِ ﴿٢﴾‏ إِلَٰهِ النَّاسِ ﴿٣﴾‏ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾‏ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾‏ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1) (އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. (2) (އެކަލާނގެއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ. (3) ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.) (4) އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ. (5) ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ. (6)" 

·      ދެއަތްތިލަ ޖަމަޢަކޮށް ސޫރަތުލްފަލަޤް، ސޫރަތުލް އިޚްލާޞް، ސޫރަތުއްނާސް މިތިން ސޫރަތް ކިޔެވުމަށްފަހު ދެއަތްތިލައަށް ފުމެލުމަށްފަހު ބޮލުން ފަށައިގެން ގައިން ކުޅަދާނަވީ ހިސާބެއްގައި ފިރުމާށެވެ. މިގޮތަށް ތިން ފަހަރަށް ކަންތައް ކުރާށެވެ. 

·      اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِإِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ  

މާނައީ:  "اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ." 

ނިދުމަށް ތަންމަތީގައި އޮށޯތުމަށްފަހު މިއާޔަތް ކިޔަވާފިނަމަ ﷲ ތަޢާލާ ގެ ޙަޟްރަތުން މަލާއިކަތް ބޭކަލަކު އޭނާ ރައްކާތެރ ކޮށްދެއްވުމަށް ހުންނަވާނެއެވެ.

 

މިއަދު އޮންލައިން