ބުރުގާ އަޅައި އަޢުރަ ނިވާކުރަނީ ކީއްވެ؟ ޖަވާބު އަލަށް އިސްލާމްވެ އިސްލާމްދީން މަތިވެރިކުރާ އަންހެނެއްގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބުރުގާ އަޅައި އަޢުރަ ނިވާކުރަނީ ކީއްވެ؟ ޖަވާބު އަލަށް އިސްލާމްވެ އިސްލާމްދީން މަތިވެރިކުރާ އަންހެނެއްގެ ދުލުން-

މީހަކު ސުވާލެއް ކޮށްފިނަމަ ފުރިހަ ގޮތުގައި އީމާންވެގެން ހުންނަ މީހަކު ދޭނެ ޖަވާބާއި އެނޫން މީހުން ދޭނެ ޖަވާބު ތަފާތުވާނެއެވެ. ތިރީގައި މިބަޔާންކުރަނީ ބުރުގާ އަޅައި އަޢުރަ ނިވާކުރަނީ ކީއްވެ؟ ކަމާއިމެދު ސުވާލުކުރާ މީހުންނަށް އަލަށް އިސްލާމްވެ އިސްލާމްދީން މަތިވެރިކުރާ އަންހެނަކު ދެމުން އަންނަ ޖަވާބެވެ.  

އަހުރެމެން އިސްލާމް ވުމަށްފަހު ބުރުގާ އަޅައި އަޢުރަ ނިވާކުރާތީ އަހުރެމެން އެކަންކުރަނީ ކީއްވެގެންތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އަދި އެކަމުން ކުރާ ފައިދާއަކީ ކޮބައިތޯވެސް ސުވާލުކުރެއެވެ. އެމީހުންނަށް އަހުރެން ކިޔައިދެމެވެ. 

އަހުރެމެން ބުރުގާ އަޅައި އަޢުރަ ނުވާކުރަނީ އެކަމަކީ ކީރިތި ޤުރްއާނުގައި އަހުރެމެންނަށް ކުރަން ފަރުޟު ކުރައްވަވާފައިވާ ކަމަށްވާތީއެވެ. މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމަށެވެ. 

ދެވަނަ ކަމަކީ އަހުރެމެންނަކީ މުސްލިމުން ކަމުގައިވާތީ ކާފިރުންނާއި ތަފާތުވާން ބޭނުންވެއެވެ. މުސްލިމުންގެ ގޮތުގައި މީހުންގެ ކުރިމައްޗަށް ނުކުމެ އަހުރެމެންނަކީ މާތް ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ މަންދޫބުންކަން އެންމެންނަށް ދައްކަން ބޭނުންވެއެވެ. 

މިއީ އޭނާ ދެމުން އަންނަ ޖަވާބެވެ. އޭނާގެ ވިސްނުމަށް ތައްރީފްކޮށް ހިތްވަރުދޭން ޖެހެއެވެ. ޤިޔާމަތް ދުވަހު ޞިރާޠު މަގު ހުރަސްކުރަން ކުރާ ދަތުރުގައި މުސްލިމުންނާއި ކާފިރުން ވަކިކުރައްވަވާނެތެވެ. މުސްލިމުންނަށް ނޫރެއް ދެއްވަވާނެތެވެ. އެނޫރުން ކާފިރުން މަޙްރޫމް ކުރައްވަވާނެތެވެ. 

ވީމާ ދުނިޔޭގައިވެސް ތަފާތުވެގެން ތިބެން ނިންމުމަކީ އަހުރެންގެ ނަޒަރުގައި ވަރަށް ރަނގަޅު ނިންމުމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން