ސުވަރުގެ ލިބުން އެދޭމީހާ ޢުމުރުން ދުވަސްވާވަރަކަށް އެންމެ ގިނައިން ކުރަން އޮތް ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސުވަރުގެ ލިބުން އެދޭމީހާ ޢުމުރުން ދުވަސްވާވަރަކަށް އެންމެ ގިނައިން ކުރަން އޮތް ދުޢާ!

ހެޔޮލަފާ، ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުގެންދެވުން އެދިގެން އަބަދުވެސް ދުޢާކުރަންވާނެއެވެ. އެއީ މަރުވާނެ ވަޤުތާއި ދުވަސް ނުއެނގޭތީއެވެ. އެދުޢާކުރަމުންވެސް ޢުމުރުން ދުވަސްވާ ވަރަކަށް ގިނަގިނައިން ކުރަންޖެހޭނެ ދުޢާއެއް އެބައޮތެވެ.  

އެދުޢާއަކީ:  

ޔާ ﷲ! މިއަޅާއަށް އެންމެ ފައިދާހުރި ދުވަސްތަކަކީ ޢުމުރުގެ އެންމެ ފަހު ދުވަސްތައް ކަމުގައި ލައްވަވާނދޭވެ! އާމީން 

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ފައިދާކުރާނީ އެމީހަކާއި ﷲ ތަޢާލާ އާއި ކުއްތަންވެވޭ ވަރަކުންނެވެ. ވިމާ މިދުޢާކުރާއިރު ނިޔަތްގަންނަންވާނީ ޢުމުރުން ދުވަސްވާވަރަކަށް ﷲ ތަޢާލާ އާއި ކުއްތަންވެވުން އިތުރުކޮށް ދެއްވެވުމެވެ. އެއްދުވަހަށްވުރެ އަނެއް ދުވަހު ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވުމެވެ. އެއަށްވުރެ ފައިދާކުރާނެ އެއްވެސް ކަމެއް ނެތެވެ. 

އެއިގެ އިތުރުން މިފަދައިންވެސް ދުޢާކުރަންވާނެއެވެ!  

ޔާ ﷲ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ރުހިވިޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކޮށް ހުރުމަށް މިއަޅާއަށް ޘާބިތުކަން ދެއްވަވާނދޭވެ! އާމީން 

މި 2 ދުޢާކޮށް ޢަމަލުކުރުންމަތީގައި ހުރެއްޖެ މީހަކަށް ހެޔޮލަފާ ނިމުމެއް ދެއްވަވާނެތެވެ. އެމީހެއްގެ އާޚިރަތް އުފާވެރިކޮސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން