ނިކަން ވޮިސްނައިލަބަލާށެވެ! ވިހެއުމާއި ގުޅިގެން އަންނަ ނިފާސްކަމުގައި ހުންނަ ދުވަސްތަކުގައި ފަރުޟް ރޯދަހިފާކަށް ނުޖެހެއެވެ. އޮތީ ފަހުން ޤަޟާކުރުން ހުއްދަކުރައްވަވައިފައެވެ. ގާތުން ކިރުދޭ މައިންނަށްވެސް އޮތީ ހަމަ އެފަދަ ލުއި ގޮތެކެވެ. މިހިރަ ކަންކަމުން އެނގިގެންދަނީ ތަކްލީފަކަށްވާނެ އެއްވެސް ކަމެއް ނުޖައްސަވާނެ ކަމެވެ.
ކުޑަދަރިފުޅަށް ގާތުން ކިރުދެމުން ރޯދަހިފައިފިނަމަ ދަރިފުޅަށް ބޭނުންވާވަރަށް ކިރު ނުހުރެދާނެ ކަމުގެ ބިރަށް ރޯދަ ދޫކޮށްފިނަމަ ކައްފާރާ ދޭންޖެހޭނެތޯއެވެ؟
ޖަވާބު:
ކައްފާރާދޭކަށް ނުޖެހޭނެއެވެ. ދޫކުރާ ރޯދަ ފަހުން އަނބުރައި ހިފާނީއެވެ!" --ޝައިޚް ޢާޞިމް އަލްޙަކީމް
ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރޯދަ ހިފިނަމަވެސް ގާތުން ކިރު ދިނުމުން ކިރު މަދުވުން ފަދަ ކަންކަން މެދުވެރިނުވާނަމަ އެއީ ﷲ ތަޢާލާގެ ރަޙްމަތްފުޅު ކަމަށާއި އޮތީ ޝުކުރުވެރިވެ ރޯދަ ހިފުން ކަމަށެވެ. ކިރުދޭތީ ރޯދަ ދޫކުރަން ހުއްދަ އޮތް އޮތުމުގެ ބޭނުން ހިފަންވާނީ ވީހައި ރަނގަޅު ގޮތުގައިކަމަށެވެ.