ވީހާގިނަ ބައަކަށް ޝެއާކޮށްލައްވާ!: މިއީ ކޮންމެ މީހަކުވެސް އެމީހަކަށާއި ބައިވެރިޔާއަށްޓަކާ ގިނަގިނައިން ކުރަންޖެހިފައިވާ ދުޢާއެއް! ވަކިނުވެ ތިބެވޭނީވެސް ސުވަރުގެ ލިބެން އޮތީވެސް މިދުޢާކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ވީހާގިނަ ބައަކަށް ޝެއާކޮށްލައްވާ!: މިއީ ކޮންމެ މީހަކުވެސް އެމީހަކަށާއި ބައިވެރިޔާއަށްޓަކާ ގިނަގިނައިން ކުރަންޖެހިފައިވާ ދުޢާއެއް! ވަކިނުވެ ތިބެވޭނީވެސް ސުވަރުގެ ލިބެން އޮތީވެސް މިދުޢާކޮށްގެން!

ކައިވެނިކޮށް ނުހަނު ލޯބިން އެކުގައި އުޅެމުންވެސް މައްސަލަތައް ކުރިމަތިވެ ވަކިވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ ބައިވެރިޔާގެ ކިބައިން ލިބޭ މިންވަރަށް ހިތް ނުފުރި އިތުރަށް ބޭނުންވުމެވެ. ފާޙިޝް ޢަމަލުތައް ކުރަން ފެށުމެވެ.  އެހެންކަމުން މިބޮޑު މުޞީބާތުން ސަލާމަތްވެ ހުރުމަށްޓަކައި އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ.  

އެހެންވެ މިބުނެދެނީ ކޮންމެ މީހަކުވެސް އެމީހަކަށާއި އެމީހާގެ ބައިވެރިޔާއަށްޓަކައި ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ.  

"ޔާ ﷲ! އެންމެހައި ފާޙިޝް ޢަމަލުތަކުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! ކިތަންމެ ކުޑަ ނަމަވެސް ފާޙިޝް ޢަމަލެއް ކުރުމުގެ ޝައުޤުވެރިކަން މިއަޅާގެ ހިތަށް ނުވައްދަވާނދޭވެ!  

ޔާ ﷲ! މިއަޅާގެ ބައިވެރިޔާގެ ކިބައިން ލިބޭ މިންވަރަށް ފުދިގެން ހުރުމުގެ ހިތްވަރު މިއަޅާއަށް ދެއްވަވާނދޭވެ! މިއަޅާގެ ބައިވެރިޔާގެ ކިބައިން ލިބޭ މިންވަރަށްވުރެ އިތުރަށް ބޭނުންވުމުގެ ނުބައިކަމުން މިއަޅާގެ ހިތް ސަލާމަތްކޮށްދެއްވަވާނދޭވެ!  

ޔާ ﷲ! މިއަޅާގެ ބައިވެރިޔާގެ ހިތްވެސް ޠޯހިރުކޮށްދެއްވަވާނދޭވެ! ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް ލޯބި އިތުރުކޮށްދެއްވަވާނދޭވެ! އަދި ދުވަހަކުވެސް ދެމީހުން ވަކިިވުމަށް އިރާދަ ނުކުރައްވަވާނދޭވެ! އާމީން 

ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެއެވެ. ދުޢާގައި އެދި ދަންނަވާ ފަދައިން ޘާބިތުވެ ހުންނަންވެސް މަސައްކަތްކުރަންވާނެއެވެ. އެއިރުން އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން