ލޮބުވެތި ކަނބަލުންނޭވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެވަޑައިގަތުމުން ސުވަރުގެއިން ބޮޑެތި ގަނޑުވަރުތައް ދެއްވަވާނެ ކަމުގެ ޚަބަރު ދުނިޔޭގައި ތިއްބަވަނިކޮށްވެސް ދެއްވަވާފައިވަނީ ހަމަ ތިއަފަދަ ކަނބަލުންނަށެވެ. އެއީ އެކަނބަލުންގެ ސިފަފުޅަކުން ލިބިވަޑައިގެންނެވި ދަރަޖައެއް ނޫނެވެ. ކިޔަމަންތެރިކަން އަދާކުރެއްވެވުމުން ލިބިވަޑައިގެންނެވި ދަރަޖައެވެ. ތިއަ ކަނބަލުންނަށްވެސް ހަމަ އެފުރުޞަތު އެބައޮތެވެ!
ދަންނާށެވެ! އތިމާ ހިލޭ ފިރިހެނުންނާއިއެކު ރޭނުކުރާކަމަށް ބުނުމަކުން އަދި އޭނާގެ އަގެއް ނެތެވެ. އޭނާގެ އަގު އަރާނީ ﷲ ތަޢާލާ އޭނާއަށް ނިވާވާން އެންގެވި މިންވަރަށް ނިވާވެގެން ހުރިނަމައެވެ.
ދުނިޔޭގެ ބާޒާރަށް ކޮންމެ އަހަރަކު ތަފާތު އައު ފޯނުތައް ނެރެއެވެ. ސިރީޒް 10 ނެރެފައި އެއިގެ 2،3 މަސް ފަހުން ސިރީޒް 11 ނެރެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ސީރީޒް 10 ފުރިހަމަ ނުވުމެއް ނޫނެވެ. ދުނިޔޭގެ އެންމެންނަށް ލިބުމުން އެއިގެ އަގު ވެއްޓެނީއެވެ.
އިންސާނުންނަކީވެސް ހަމަ އެފަދަ އެއްޗެކެވެ. ދުނިޔޭގެ އެންމެންނަށް ތިމާގެ އަޢުރަ ފެންނަނަމަ ކިތަންމެ ރީތި މީހެއްގެވެސް އެއްވެސް އަގެއް ނުހުންނާނެއެވެ. އަދި އެމީހާވާނީ ޚިޔާނާތްތެރިއަކަށެވެ. ސަބަބަކީ އޭނާ އެހާމަކުރަނީ އޭނާއަށް ހާމަކުރުމުގެ ހުއްދަ ލިބިފައިނުވާ ބައެކެވެ. އެހިސާބުން އެ ޚިޔާނާތްތެރިވެވެނީ އެމީހަކާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ އަމާނާތަކަށެވެ.
އަމާނާތަކަށްވަނީ ހަމައެކަނި ރައްކާކުރަން ޙަވާލުކުރެވޭ ފައިސާއެއް ނޫނެވެ. ރައްކާކުރަން ފައިސާ ހަވާލުކުރަނީ ކޮންމެވެސް މީހެކެވެ. އަހުރެމެންގެ ހަށިގަނޑަކީ އަހުރެމެންގެ އަމިއްލަ މިލްކެއް ނޫނެވެ. އެހަށިގަނޑުގެ މިލްކުވެރި ފަރާތަކީ ﷲ ތަޢާލާއެވެ. އަދި އެއީ ﷲ ތަޢާލާ އެމީހަކާއި ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. އެއްގޮތަކަށް ބަލައިފިނަމަ އެންމެ ބޮޑު އަމާނާތެވެ.
ވީމާ ފޮރުވައި ރައްކައުތެރިކުރަން އެންގެވި ކޮންމެ ބައެއްވެސް ޖެހޭނީ ފޮރުވައި ރއްކައުތެރިކުރާށެވެ! ނޫންނަމަ ޖެހޭނީ ރައްކައުތެރިކުރާށެވެ.
The Hadith comes in the Mu’atta of Imam Malik with the following words:
و حدثني عن مالك عن مسلم بن أبي مريم عن أبي صالح عن أبي هريرة أنه قال نساء كاسيات عاريات مائلات مميلات لا يدخلن الجنة ولا يجدن ريحها وريحها يوجد من مسيرة خمس مائة عام
Malik narrates from Muslim bin Abu Maryam who narrates from Abu Saleh who narrates from Abu Hurairah (Radhiyallahu Anhu)that he said, “Women who are dressed but appear naked, who will be inclined (towards men) and make (men) incline (toward them). They will not enter Jannah and they will not smell its fragrance where as its fragrance can be would be smelt from the distance of 500 years.
މިޙަދީޘްފުޅުން އެނގިގެން މިދަނީ ފޭރާންލީ ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް އަޢުރަ ނިވާ ނުކުރާނަމަ އެމީހަކަށް ހުރި ގޮތެވެ. 500 އަހަރުގެ ރާސްތާއަށް ދުވާނެ ސުވަރުގޭގެ މީރުވަސް ހިސާބަށްވެސް އެމީހަކަށް ސުވަރުގެ އާއި ކައިރިވެސް ނުވެވޭނެކަމެވެ. އެމީހަކު ސުވަރުގެ ނުވައްދަވާނެ ކަމެވެ.
މިޙަދީޘްގެ ޝަރަޙައިގައި ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ހަށިގަނޑުގެ ވަނާތައް ފެންނަފަދަ ގައަށް ބާރުކޮށް ހުންނަ ފޭރާންލުންވެސް ހިމެނިގެންވަނީ ހަށިގަނޑު ނިވާ ނުކުރުމުގެ ތެރެއިންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން