އަންހެނުންނަށް ޙަޤީޤީ ދަރަޖަ ލިބިގެންދިއައީ އިސްލާމްދީނުން-

ކިޔުމަށް ހޭދަވާނީ 7މ 26ސ
އަންހެނުންނަށް ޙަޤީޤީ ދަރަޖަ ލިބިގެންދިއައީ އިސްލާމްދީނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާއި މެދު ކަންތައް ކުރެވެމުން ދިޔައީ ވަރަށް އިހާނެތިކޮށެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބަޔެއް ނޫންކަމަށް އެމީހުން ދެކެއެވެ. ވާރުތަ މުދަލުން އެއްވެސް މިންވަރެއް އެކަނބަލުންނަށް ނުލިބެއެވެ. އަދި އަންހެން ދަރިއަކު ލިބިއްޖެނަމަ އެބައިމީހުންގެ މޫނުތައް އަނދިރިވެގެން ދެއެވެ.

އެގޮތުން ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 58 އަދި 59 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾‏ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ ﴿٥٩﴾‏

މާނައީ: "އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. (58) އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ." 

ނަމަވެސް އިސްލާމްދީން އައުމަށްފަހު އެކަނބަލުންނަށް އެކަނބަލުންގެ ޙައްޤުތައް ހޯދައިދީފައިވެއެވެ. އަންހެން ކަނބަލުންނަށް އިޙްތިރާމްކޮށް، އެކަނބަލުންގެ މަޤާމު މަތިކޮށްދީފައިވެއެވެ. އަދި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އެންމެ ފަހުގެ ވަޞިއްޔަތަކީވެސް އަންހެން ކަނބަލުންނަށް ހެޔޮކޮށް ހިތުމެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘް ކުރައްވާފައިވެއެވެ. 

(اسْتَوْصُوا بالنِّساءِ خَيْرًا)

މާނައަކީ: "ތިޔަބައިމީހުންގެ އަނބިންނާއި މެދުގައި ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވަމެވެ"، 

އެހެންކަމުން އަޅުގަނޑު މި ލިޔުމުގައި މިބަޔާން ކޮށްލަނީ އިސްލާމްދީނުގައި އަންހެނުންގެ މަޤާމެވެ. 

· އަނބިންނަށް ހެޔޮކޮށް ހިތުމަށް ފިރިންނަށް ވަޞިއްޔަތް ކުރެއްވުން:

އެގޮތުން ﷲ ތަޢާލާ ނިސާ ސޫރަތުގެ 19 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(وَعَاشِرُوهُنَّ بِالْمَعْرُوفِ)

މާނައީ: "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!" 

· އަނބިމީހާ އަށް ޚަރަދު ދިނުމަކީ ފިރިމީހާގެ ވާޖިބެއް: އެގޮތުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

(خيركم خيركم لأهله وأنا خيركم لأهلي)

މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ".  

ހެޔޮ ގޮތުގައި އަންހެން ދަރީން ތަރުބިއްޔަތުކޮށްފިނަމަ ސުވަރުގެ ވަނުމުގެ ސަބަބެއް ކަމުގައިވެގެންދޭ:

مَن كانَ لَهُ ثلاثُ بَناتٍ فصبرَ عليهنَّ، وأطعمَهُنَّ، وسقاهنَّ، وَكَساهنَّ مِن جِدَتِهِ كنَّ لَهُ حجابًا منَ النَّارِ يومَ القيامَةِ

މާނައަކީ: "ތިން އަންހެންދަރިންލިބި، އެކުދިންގެ ތަރްބިއްޔަތުގެ ކަންތަކުގައި ކެތްތެރިވެ، އެކުދިންނަށް ކާންދީ، އަންނައުނު ހޯދައިދީ ހަދައިފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު ގިޔާމަތް ދުވަހުން ނަރަކައިގެ ހުރަހަކަށް ވާހުއްޓެވެ".

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

· މަންމައަށް ކިޔަމަންތެރިވުމަށް އަމުރުކުރެއްވުން: ﷲ ތަޢާލާ އިސްރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾‏ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾‏

މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24)

 

މިއަދު އޮންލައިން