ކަމެއް އިޞްލާޙްކުރަން އެކުވެރިއަކަށް ނަޞީޙަތްދޭނަމަ އެންމެ ފައިދާކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކަމެއް އިޞްލާޙްކުރަން އެކުވެރިއަކަށް ނަޞީޙަތްދޭނަމަ އެންމެ ފައިދާކުރާނެ ގޮތް!

ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ކައިވެނިކޮށްގެން ހުރި އެކުވެރިއެކެވެ. އޭނާ އުޅެނީ އިތރުު މީހަކު ދެކެ ލޯބިވެގެންނެވެ. ޜޭގައި ނިދީވެސް އެގޭގައެވެ. އެކަން ތިބާއަށް އޮތީ އެނގިފައެވެ. އެހެންވިޔަސް އޭނާގެ އިތުރުން އެންމެ މީހަކު ހުއްޓައިވެސް އެވާހަކަ ދައްކައިގެންނުވާނެއެވެ. އެވާހަކަ ދައްކައި ނަޞީޙަތްދޭންވާނެއެވެ. އެގޮތަށް އުޅޭނަމަ ބޭޒާރުވެ ކައިވެނި ރޫޅިއްޖެނަމަ ދަރިންކޮޅަށް ލިބޭނެ ގެއްލުންވެސް ކިޔައިދޭންވާނެއެވެ. ނަމަވެސް އެކަނި ތިބެ ވާހަކަދައްކާނެ ފުރުޞަތު ހޯދައިގެންނެވެ. ނޫންނަމަ ލިބުން ގާތް ޖަވާބަކަށްވާނީ "ކަލޭ އުޅެނީ އެންމެ ރަނގަޅަށްތަ؟ އެއީ ކަލެއާ ބެހޭކަމެއް ނޫން" ފަދަ ޖަވާބެކެވެ.  

އެކުވެރިއަކަށް ކުރެވޭ ރަނގަޅު ނޫން ކަމަކާއި ގުޅިގެން އޭނާއަށް ނަޞޭޙަތްދޭނަމަ ފުރަތަމަ އޭނާއަށް ކުރެވޭ ކުށުގެ ވާހަކަ ނުދައްކާށެވެ. ފުރުތަމަ ކަމަކަށް ތިމާއަށްވެސް ފާފަތައް ކުރެވޭކަމާއި އެކަންކަމުން އަރައިގަންނަން ކުރާ މަސައްކަތްކިޔައިދޭށެވެ. އަދި ހޯދިފައިވާ ކާމިޔާބީވެސް ކިޔައިދޭށެވެ.

ސަބަބަކީ ފުރަތަމަވެސް މީހަކު ކުށްވެރިކޮށްފިނަމަ ގިނަ ފަހަރަށް އެމީހަކު ހިތްހަމަނުޖެހޭނެތީއެވެ. ކަންކަން ވިސްނައި ޤަބޫލުކުރެވޭނީ އަނެކާއަށްވެސް ހިތްހަމަޖެހުން ދިނުމުންނެވެ. ވީމާ އޭނާއަށް ކުރެވޭ ކުށުން އަރައިގަނެވޭނެ ކަމުގެ އުންމީދު އޭނާއަށް ދޭންވާނެއެވެ.  

ހަމައެއާއިއެކު އެކުވެރިއަކަށް ކުރެވޭ ކުށުގެ ވާހަކަ އޭނާ ނެތްތަންތަނުގައި ދައްކައިގެން ނުވާނެއެވެ. ޢިބްރަތަކަށްޓަކައި އެފަދަ ވާހަކައެއް ދެއްކި ނަމަވެސް މީހާގެ ނަން ނުބުނާށެވެ. އެހެނީ މީސްތަކުންގެ މެދުގައި ފަޟީޙަތްވުމަކަށް އެކަކުވެސް ނޭދޭނެއެވެ.  

ޙަޤީޤީ އެކުވެރިންނަކީ އޭނާއަށް ތެދުމަގު ބަޔާންކޮށްދޭ، އިޞްލާޙްކުރަން މަސައްކަތްކުރާ، އޭނާ ނެތްތަންތަނުގައި އޭނާ ދިފާޢުކޮށްދޭ، އަދި މަރުވުމުން ހެޔޮދުޢާކޮށްދޭ މީހާއެވެ. ވީމާ އެކުވެރިން އިޞްލާޙްކުރަން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކުވެރިންގެ ގައިގައި ހުންނަން ޖެހޭނެ އެންމެ މުހިންމު ސިފައެވެ.  

ހަމައެއާއިއެކު 3 މީހަކު ތިބި ތަނެއްގައި އެކަކަށް ސިއްރުވާ ގޮތަށް ވާހަކަދައްކައިގެން ނުވާނެއެވެ. އެއީ އޭނާގެ ހިތުގައި ނުބައް ޝައްކުތަކެއް އުފެދިދާނެތީއެވެ. ދެމީހަކު ސިއްރުން ވާހަކަދައްކަން ޖެހޭ ކަމެއް ނަމަ ދެމީހުން އެކަނިވުމުން އެވާހަކައެއް ދައްކާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން