އަހުރެމެން އަދާކުރަންޖެހޭ އެންމެ މުހިންމު ވާޖިބަކީ ފަރުޟް 5 ނަމާދުކުރުމެވެ. ނަމާދުކުރުމެވެ. ނަމާދުކުރެވޭނީ ވުޟޫކޮށްގެންނެވެ. ވީމާ ނަމާދުކުރުމާ ވުޟޫކުރުމަކީ ވަކިކުރެވޭނެ ކަންކަމެއް ނޫނެވެ.
ވުޟޫކޮށް ނިމޭ ތަނުން ނޫނީ ނަމާދުކޮށް ނިމޭތަނުން ޝައިޠޯނާ އައިސް ބުނާނެއެވެ. "ކަލޭ މިވެނި އެވެނި ކަމެއް ކުރީ ރަނގަޅަކަށް ނޫނެވެ. ތިއަކުރި ވުޟޫ ނޫނީ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ." މިޙާލަތުގައި ޝައިޠޯނާގެ ބަސް ޤަބޫލުކުރެވި މާޔޫސްވެވޭ ބައަކު އުޅެއެވެ.
ބުނަން ހެއްޔެވެ؟ ޝައިޠޯނާގެ މިމަޅީގައި ނުޖެހޭށެވެ. އަހުރެމެންނަކީ އިންށާނުން ކަމަށްވީތީ އެއްވެސް ކަމެއް އެންމެ ފުރިހަމައަށް ނުކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންވެ ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާނީ ނިޔަތަށާއި އަދި އެންމެ ފުރިހަމައަށް ކުރަން އެމީހަކު ކުރި މަސައްކަތަށެވެ. އެދެކަންތަކުގައި ހިފެހެއްޓިއްޖެނަމަ އެމީހަކު މާޔޫސް ނުކުރައްވަވާނެތެވެ.
ޙާލަތު މެދުވެރިވާ ގޮތަކުން އިށީނދެ އިނދެގެން ނަމާދުކުރަންޖެހުނަސް އޮށޯވެ އޮވެގެން ނަމާދުކުރަން ޖެހުނަސް ކަންބޮޑުނުވެ ނަމާދުކުރާށެވެ. އެކަމަކު ބުނަންހެއްޔެވެ؟ ކޮޅަށް ހުރެގެން ނަމާދުކުރެވޭ މީހަކު އިށީނދެ އިނދެގެން ނުކުރާށެވެ! އިށީނދެ އިނދެގެން ނަމާދުކުރެވޭ މީހަކު އޮށޯވެ އޮވެގެން ނަމާދުނުކުރާށެވެ. ތިމާގެ ޙާލަތު ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަން ހަނދާނުގައި ބަހައްޓަންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން